ގޮންޖެހުންތަކާއެކު މާލެސިޓީގެ ހިދުމަތްތެރި ސިޓީ ކައުންސިލް

މާލެސިޓީ ކައުންސިލުގެ ހިދުމަތް މާލޭގައި ދިރިއުލޭ ރައްޔިތުންނަށް ލިބެނީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. މާލެ ސަރަހައްދުން ބަލާލިކޮންމެ ދިމާއަކުން ސިޓީ ކައުންސިލުން ދޭހިދުމަތް ފެނެއެވެ.
މޭޔަރ އާދަމް އާޒިމުގެ ސީދާ ބެއްލެވުމުގެ ދަށުން ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މޭޔަރާއި ކައުންސިލަރުންނާއި މުއައްޒަފުން ގުޅިެން އެއްޓީމެއްގެ ގޮތުގައި ކުރަމުންދާ ކަންކަމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.
ރޯދަމާހާ ދިމާކޮށް މާލެ ސަރަހައްދުގެ މިސްކިތްތަކު އާބާތުރަ ފިކުވުމަށް ކުރަމުންދާ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވުމުން އެކަމުގެ ލުއިފަސޭހަ ރޯދަމަހު މިސްކިތްތަކުގައި އަޅުކަންކުރާ އެންމެނަށް ދަނީ ލިބެމުންނެވެ.
މަގު ހިނގުމާއި މަގުތަކުގައި ޕާކްކުރުމުގައި ދިމާވާ އުނދަގޫތައް ހައްލުކުރުމަށް ކުރެވޭ ކަންކަމަށް ބަލާލިޔަސް އެތައްކަމެއް ފާގަކުރެވެއެވެ. މަގުތަކުގެ އެކިހިސާބުގައި ރޭމްޕް ހެދުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށެވެ. ޕާކްކޮށފައި ހުންނަ ވެހިކަލުތަކުގެ ސަބަބުން ފިހާރަ ފިހާރައާއި ގޭގެއަށް ވަދެނިކުމެ އުޅުމަށް ވަދެ ނިކުމެ އުޅުން ވަމުން ދާދަތިތަކަށް ރޭމްޕްތައް ހެދުމުން ވަރަށް ބޮޑު ފަސޭހައެއް ވެގެން ދެއެވެ.
ދަތުރު ފަތުރުކޮށް ހިނގާ ބިނގާވެ އުޅެން ދަތިވެފައިވާ އެތައް ސަރަހައްދެއްގެ މަގުތަކާއި ދުވާރުތައް ހުއްޓުމެއްނެތި ދަނީ މަރާމާތު ކުރަމުންނެވެ. އަޑި ގުޑަންވެފައިވާ ސަރަަހައްދުތަކުން ގައުތައް ނަގާ ބިންގަނޑު ހަމަކޮށް އަލުން ގައު އެތުރުމަކީ ކައުންސިލްގެ ދުވަހީ މަސައްކަތުގެ ބައެކެވެ.
މާލެ ފެހި ކުރުމުގެ މަސައްކަތަށް ވެސް ވަރަށް ބޮޑު އިސްކަމެއް ސިޓީ ކައުންސިލުން ސިޓީ މޭޔަރ ދެއްވައެވެ. ކާބޯތަކެތި އަޅާ ގަސްގަހާއި ހިޔާ ލިބޭގަސްތައް ވިލިމާލެއާއި މާލޭގައި ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ. ހުސްވި ހަފްތާގެ ތެރޭގައި މާލެ ސަރަގައްދުގެ އެކި ހިސާބު ހިސާބުގައި ގަސްއިންދާ މާލެ ފިނިކޮށް ފެހިކުރުން ހުއްޓުމެއް ނެތި ގެންދަނީ ކުރިއަށެވެ.
ވިލިމާލޭގެ އަދިރި ސަރަހައްދުތައް އަަލިކުރުމަކީ ކުރެވެމުންދާ ކަމިޔާބު މަސައްކަތެކެވެ. ވިލިމާލޭގެ އަދިރިކަން ކެނޑުވުމަކީ ކުށްތަކަށް އަރައިގަތުމަށް ފުރުސަތު ކުޑަކޮށް އަމާން ވެއްޓަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތގެ ބައެކެވެ.