ހެޔޮވެރިކަން: ދަރަވަންދޫ ހިމާޔަތް ކުރުމަށް ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް

ހެޔޮވެރިކަން: ދަރަވަންދޫ ހިމާޔަތް ކުރުމަށް ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވޭ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 51 އިންސައްތަ މަސައްކަތް މިހާރު ނިމިއްޖެއެވެ. ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓެއް ވެސް އެ ރަށަށް މިހާރު ގެންގޮސްފިއެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 490 މީޓަރުގެ 7 ބްރޭކްވޯޓާާއި 96 މީޓާރުގެ ރިވެޓްމެންޓު ޖަހާނެއެވެ. އަދި ރަށުގެ އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަދި ކުރުމުގެ މަސައްކަތް ކުރާނެއެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީ އިންނެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަޝްރޫ އަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.