ރަސްދޫގައި ފެންނަށް ޖެހުން ނިމުމަކަށް ގެނައުން
ސްޓެލްކޯ އިން 100 ޓަނުގެ ޕްލާންޓެއް ބަހައްޓާދީ 160 ޓަނަށް ކެޕޭސިޓީ އިތުރުކުރުން
އއ. ރަސްދޫއަކީ 60 ޓަނުގެ ފެން އުފެއްދޭ ވަރުގެ ފެން ޕްލާންޓަކުން ފެނުގެ ހިދުމަތް ދެމުން އައި ރަށެކެވެ. ރަސްދޫގައި އިތުރުވަމުންދާ ފެނުގެ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަކީ 60 ޓަނުގެ ޕްލާންޓަކުން ހިފަހައްޓާ ލެވޭ ވަރުގެ ކަމަކަށް ނުވެ އެރަށަށް ފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތި ވަމުން އައެވެ.
ރަސްދޫއަށް ބޭނުންވާ ވަރަށް އެރަށުގައި ފެން އުފެއްދުމުގެ މުހިންމުކަން ބޮޑުވެ އެކަމުގެ ހައްލު ސްޓެލްކޯ އިން މިހާރު އެރަށަށް ވަނީ ހޯދާދީފައެވެ. 100 ޓަނުގެ ފެން އުފެއްދޭވަރުގެ އިތުރު ޕްލާންޓެއް ސްޓެލްކޯއިން މިހާރު އެވަނީ އެރަށުގައި ބަހައްޓާ ދީފައެވެ.
ރަސްދޫގައި އަލަށް ބެހެއްޓި 100 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓް ބެހެއްޓުމުން ރަސްދޫގައި 160 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ރަސްދޫއަށް ލިބިގެން ދިޔައީއެވެ. ރަސްދޫއަށް ކުރިމަތިވެފައި އޮތް ފެނުގެ މައްސަލަ ހައްލުވެގެން ދިޔައީއެވެ.
އަނެއްކޮޅުން ރަސްދޫގައި އަލަށް ބެހެއްޓި އާރު އޯ ޕްލާޏްޓަކީ އޭގެ ކޮމިޝަނިންގެ ހުރިހާ މަސައްކަތަކާއި އޮޕަރޭޝަނަށް ގެނައުމުގެ ހުރިހާ ކަމެއް ސްޓެލްކޯ މުއައްޒަފުން ކޮށް ނިންމާލި ފުރަތަމަ ޕްލާންޓްއެވެ.
ރަސްދޫގައި ބެހެއްޓި 100 ޓަނުގެ އާރުއޯ ޕްލާންޓް ކޮމިޝަންކުރުމާއި އޮޕަރޭޝަނަށް ގެނައުމުގައި އުޅުނު އެ ކުންފުނީގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ބއްދަލު ކުރައްވަފައެވެ. ސްޓެލްކޯގެ މުއައްޒަފުން އަލަށް އެފަދަ ކަމެއްކޮށް މުއައްޒަފުން ހޯދި ކާމިޔާބީއަށް އެ މުވައްޒަފުންނަށް އެމްޑީ ޝަރީފް ޝުކުރު އަދާ ކުރައްވާ މަރުހަބާ ވިދާޅުވިއެވެ.