ފެނަކައިން ނެއްލައިދޫގައި އައު އިންޖީނުގެއެއް

އައު އިންޖީނުގެއިން 980 ކިލޯވޮޓްގެ ކަރަންޓް ފޯރުކޮށް ދެވޭ

ފެނަކައިން ނެއްލައިދޫގައި އައު އިންޖީނުގެއެއް

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާފައިވާ ކާމިޔާބު ބިޔަ މަޝްރޫއުތައް ރައީސް ސޯލިހު އެގެން ދަވަނީ ރަސްމީކޮށް ހުޅުއްވާ ދެއްވަމުންނެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ކުޑަ އާބަދީއެއް ބޮޑު އާބާދީއެއް ބެއްލެވުމެއް ނެތިއެވެ.

ރައީސްސޯލިހުގެ ހެޔޮވެރިކަމުގައި ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ފުޅާކޮށް ވަރުގަދަކޮށް އެންމެ ޒަމާނީ ފެންވަރުގައި ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގައި އެއވެސް ރަށެއް ބަކީ ނުކުރައް ވައެވެ. ކަރަންޓްގެ ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ޒަމާނީ ފެންވަރަށް އިންޖީނުގެ އަޅާދީ ކުރިންހުރި ގެނދަބުޅި އިންޖީނުގެ ތަކުގައި ތަޅު އަޅުވާ މުޅިން އައު އިންޖީނުގެ ތަކަކުން ވަނީ ހިދުމަތް ދޭން ފަށާފައެވެ.

ހދ. ނެއްލައިދޫ އަކީވެސް ޒަމާން ވީ ބައު އިންޖީނުގެއެއްގެ ސަބަބުން އެރަށުގެ ރައްޔިތުނަށް ވަރަށް ބޮޑެތި އުދަނގޫތައް ފޯރަމުން ދިޔަ ރަށެކެވެ. ނެއްލައިދޫގައި ހުރި 22 އަހަރުވީ ބައު އިންޖީނުގެ ބޮޑުމިނަކީ 3240 އަކަފޫޓެވެ.

ނެއްލައިދޫ ރައްޔިތުންނަށް އެ ތަކުލީފް ލުއިކޮށް ދެއްވާ މީހުން އުޅޭ ހިސާބަ ދުރުގައި މުޅިން އަލަށް އިންޖީނުގެއެއް ބިނާކޮށް ދެއްވާ އެތަނުން މިހާރުވަނީ ރައްޔިތުންނަށް ހިދުމަތް ދޭންފަށާފައެވެ. ނެއްލައިދޫ އައު އިންޖީގޭގެ ހިދުމަތް ވެސް ރަސްމިކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހެވެ. 

މިހާރުގެ އައު އިންޖީނުގޭގެ ބޮޑުމިނަކީ 4234.5 އަކަފޫޓެވެ. އެރަށުގައި އަލަށް އިމަރާތްކޮށް ހިދުމަތްދޭންފެށި އައު އިންޖީނުގޭގައި އިންޖީނު ރޫމްގެ އިތުރަށް ވޯކްޝޮޕާއި ކޮންޓްރޯލް ރޫމާއި ސްޓޯރއާއި ފިއުލް ޓޭންކާއި ޗިމްނީއާއި ޕޭންޓްރީ ހުރެއެވެ.  

އައު އިންޖީނުގެއިން 980 ކިލޯވޮޓްގެ ކަރަންޓް އެރަށަށް މިހާރު ފޯރުކޮށް ދެވެއެވެ. ކުރިން ހުރި ބައު އިންޖީނުގެއިން ލިބުނީ 240 ކިލޯވޮޓްގެ ކަރަންޓެވެ.