މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދެއްވާ:ޝާހިދު

މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުން ވަނީ އިތުރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދެއްވާ:ޝާހިދު

‏މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުން އިތުރުވެ، ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުން ދާތީ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮނަރަބަލް ޝާހިދު ސަރުކާރަށް ގޮވާލެއްވިއެވެ. އޮނަރަބަލް ޝާހިދު މި މޭރުމުން މެސެޖް ކުރެއްވީ ރޭމެންދަމު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ނިޔާވުމުގެ ހިތާމަފާޅު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓްގައެވެ.

ރޭ ހިނގި އެކްސިޑެންޓް ގައި ނިޔާވި ހަސަން ސަމާހު ނިޔާވި ހަބަރު އެއްސެވީ ފުންހިތާމައާއި އެކުގައި ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެފައިވެއެވެ. 

މަރުހޫމަށް ނިއުމަތް ދެއްވުމަށް ދުއާ ކުރައްވަމުން އެ އާއިލާއަށް ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށް ދުއާ ކުރައްވަފައިވެއެވެ.