މެޑަމް ފަޒޫ ފްލޮޕްކޮށްލި ޕީޕީއެމް ފިލްމު
މެރިހާނާ ޢަބްދުއްސައްތާރުގެ ދަރި އިރްބާލް ހާން ހެދީ ދޮގު
އުމުރުން 60 ވުމުގެ ކުރިން ޝާޚްރުކްޚާން ބޮޑީ ހަދައިގެން ކުޅުނު ފިލްމު ޕަތާން ހިޓް ވިޔަސް ޕީޕީއެމްގެ މެގަ ސްޓަރ މެރިހާނާ އިރުބާލްޚާން ޢުމުރުން 60 ގިރާކުރި ފަހުން ނޮވެމްބަރ 3 އާއި ގުޅުވައި ކުޅުނު ފިލްމު "ޖެހިފޮޑިބުޑަށް" ވަދެ ވީ ފްލޮޕަކަށެވެ. ސަބަބަކީ އެ ފިލްމުގައި ދޮގުމައްޗަށް ދޮގުހެދުމާ އޯވަރ ރިއެކްޓް ކުރުމެވެ.
ފިލްމުގައި އޭނާ ހަދާފައިވާ އެއް ދޮގަކީ، ނޮވެމްބަރ 3 އައި އިރު އޭނާއަކީ ތުއްތު ބަބާ އެއް ކަމަށް ހެދިގެން އުޅުމެވެ. ކޮންތާކު ހެއްޔެވެ؟ ނޮވެމްބަރ 3 އައިއިރު އޭނައަކީ 25 ގިރާކޮށް އުމުރުން 30އަށް ފައިނަގަމުން ދިޔަ ހަރު ފިރިހެނެކެވެ. ނުވިތާކަށް ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ވަޒީފާގައި ހުރި، ސިފައިންގެ މީހެކެވެ.
ޑިއުޓީއަށް ފަރުވާ ކުޑަވެ، ބޭކާރު ގޮތުގައި ރޭގަނޑު ހޭލާ އުޅެ މީހާ ފިލުނދު ވަންދެން ދުވާލު ނިދަން އޮންނަ ހިތްވާ އުޅުމެއްނެތް މީހެކެވެ. ގިނަ މީހުންނާ ހިތާވުމަކީ އޭނާ މާގަޔާވާ ކަމެކެވެ.
ތެދެކެވެ. އޭނާގެ ބައްޕަ މަރްހޫމް މެރިހާނާ ޢަބްދުއްސައްތާރަކީ އިސްލާމީ މަރުކަޒުގެ ޢާމިލެއްގެ ވަޒީފާގައި ހުންނެވި ހެޔޮލަފާ ރަނގަޅު ބޭކަލެކެވެ.
ތަމަޅައިން ރަހީނުކުރި މީހުން، ނޮވެމްބަރ 3 ވަނަ ދުވަހުގެ އިރު އޮއްސެމުން ދިޔައިރު މާލޭ ބަނދަރުގައި އޮތް ޕްރޮގްރެސް ލައިޓް ނަމަކަށް ކިޔާ އާގު ބޯޓަކަށް އަރުވާ ބޯޓް ހައިޖެކް ކުރިއެވެ. އޭގެ ތެރޭގައި މަރްހޫމް ޢަބްދުއްސައްތާރު ހިމެނުނެވެ. އޭރު ޕްރައިވެޓް އިރުބާލް ހުރީ ބަނޑޭރިގޭ އެތެރޭގައެވެ.
އެރޭގެ އިރާކޮޅު އިންޑިއާގެ އާރމީއާއި ޕެރަޓްރޫޕަރުން ބަރު ހަތިޔާރާ އެކު ހުޅުލެ ހިފީ ބްރިގޭޑިއަރ ޖެނެރަލް ބަލްސާރާގެ ކޮމާންޑްގައެވެ.
ރަހީނުން ގޮވައިގެން ޕްރޮގްރެސް ލައިޓް ގާދޫކޮލުން ނިކުތީ ފުނަދޫއާ ހުޅުލެއާ ދެމެދުންނެވެ. އެ ވަގުތަކީ މިހާރުގެ އާޓާމިނަލް އާ ދިމާ މާލެއާވީ ފަޅީގައި އިންޑިއާ ސިފައިންގެ ބޮޑު ބަޑީގެ ފައިތައް ކިރިޔާ ހަރުކޮށްލެވުނު ވަގުތެވެ. ލިބުނު ހަނި ދަނޑިވަޅުގައި ވެސް ޕްރޮގްރެސް ލައިޓްގެ އިންޖީނުރޫމާ ދިމާވާ ގޮތަށް އިންޑިއާ ސިފައިންގެ ބޮޑުބަޑީގެ ހަމަލާއެއް ޕްރޮގްރެސް ލައިޓަށް ދިނެވެ. ނަމަވެސް ރަހީނުން ތިބުމާއެކު އިތުރު ހަމަލާ ނުދިނީއެވެ. އޭރު ހުޅުލޭގައި އިންޑިއަން އާރމީގެ މަތިންދާ ބޯޓްތަކާ އިންޑިއާ ސިފައިން ކިރިޔާ ރުކުރުވާ ލެވެނީއެވެ.
އަނދިރީގެ ތެރޭގައި ރަހީނުން ތިބި ބޯޓް ގާދޫ ކޮލުން ނިކުމެގެން ދިޔައިރު އޭގައި އޭނާގެ ބައްޕަވީކަން ވެސް ނޭނގޭ އިރްބާލް ހާން ހުރީ ސިފައިން ގޭގައެވެ.
އެރޭގެ ފަތިސް ވަމުން ދިޔައިރު މާލޭ ދެކުނު ފަރާތުގައި މުއިއްޒު ކަނޑާފައި އެއޮތް ހޮޅިލާ ނެރާ ދިމާއިން އިންޑިއާ ސިފައިން މާލެ އަރަން ފަށައިފިއެވެ. ފެންނަ މީހަކު ފިތްކަނޑައިގެން ދާވައްތަރުގެ ބައެކެވެ. އެކިވައްތަރުގެ ހަތިޔާރުން މުޅިމީހާ އޮންނަނީ ފުރިފައެވެ. ބެކްޕެކްގެ ބޭރުގައި ފަކީރާއެއް ވެސް އޮވެއެވެ.
ސިފައިންގެ ހަރަކާތްތަށް މާލޭގައި ހިނގަމުން ދިޔައިރު އިރްބާލް ޚާން ހުރީ މާލޭގައެވެ. އޭނާގެ ބައްޕަ ގޮވައިގެން ދިޔަ ޕްރޮގްރެސް ލައިޓް ވީ ހިސާބެއް ވެސް ނޭގެއެވެ.
އިންޑިއާގެ ފައިޓަރ ބޯޓުތަކުން ތަކުން އެބޯޓަށް ފާރަ ލަމުން ދިޔައިރު މި އޮޕަރޭޝަންގެ އެންމެ ކުރިއަށް ނެރެފައި އޮތީ އައިއެންއެސް ގޯދާވަރީ ނަމަކަށް ކިޔާ ބޮޑު މަނަވަރެވެ.
އަމާންނުދީ ދެންވާ ލަންކާގެ ސަރަހައްދަށް ވަދެފާނެހެން ހީވުމުން އިންޒާރުގެ ޝޮޓްތައް ތަކުރާރުކޮށް ދިނުމުން ވެސް ޓެރަރިސްޓުން މަޑު ނުކޮށް ކުރިއަށް ދިއައެވެ. ގޯދާވަރީއަށް ބިރުދައްކާ ފަސްޖެއްސުމަށް ހިންގި ލާއިންސާނިއްޔަތުގައި ހ. މެރިހާނާ ޢަބްދުއްސައްތާރު ޝަހީދުވިއެވެ. އެ މަރުހޫމްގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ. އަދި ސިޔާސީ ޑްރާމާ ކުޅުމަށް ބައްޕައަށް އެވެނި މިވެނި ގޮތް ހެދީ ތިމަންގެ ލޯކުރިމަތީގައޭ ކިޔައިގެން ބައްޕަ ނެތް ދުނިޔޭގައ އޭނާގެ ދަރި އިރްބާލް ޚާން ކުޅޭ ފިލްމުތަކުގެ ނުބައިކަމުން އޭނާގެ ރޫޙަށް ތުރާލެއް މިންވަރު ނުކުރައްވާށިއެވެ.
އިރްބާލަކީ ގިނަ އަނބިން ގެންގުޅޭ ހިތްވާ ދަރިން ގިނަ މީހެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވިލިމާލޭން ލިބުނު ގޯތި ދިގު މުއްދަތަށް ބައިބަޔަށް ކުއްޔަށްދީ ދަރިންނަށް ބޯހިޔާވަހިކަން ގެއްލިފައި ވަނިކޮށް ލިބިފައިވާ އުންމީދަކީ ރައީސް އިބޫ ގެންނެވި ބިންވެރިޔާ ސްކީމެވެ.
ޕީޕީއެމަށް ނިސްބަތްވާ މީހަކު އިރްބާލް ދުއްވާނެ ޓެކްސީއެއް ދިން ކަމަށް ވެއެވެ. އެ މީހުންގެ ރުހުން ހޯދައިގެން ލިބިދާނެ މޮޅެއްގެ ދަހިވެތި ކަމުގައި ޑައިރެކްޓަރ މިދުއަމް ސައުދު ބުނި ގޮތަށް ކުރި އެކްޓަކީ ދޮގެވެ.
މެޑަމް ފަޒްނާ އާ ދެކޮޅަށް މިދުއަމް ސައުދު ލައްވާ ޕީއެންސީ މުއިއްޒު ހިންގި ހުތުރު ޢަމަލާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ވެސް އިންތިހާއަށް ކޯފާވެ ވަޑައިގަތް ކަމަށް ވެއެވެ. އެމްޑީޕީގެ ސަޕޯޓަރުންގެ އިތުރަށް ދިވެހި ވަރަށް ގިނަ ރައްޔިތުންނާ ޕީޕީއެމްގެ މެންބަރުންވެސް އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ.