އިގްތިސާދުގެ ސަޕްލައި-ސައިޑް ބަދަލުކޮށްލާނެ!

މުޅި ބަޖެޓްގެ 19.7 ޕަސެންޓް ހަރަދު ކުރާނީ ޕީއެސްއައިޕީ މަޝްރޫއު ތަކަށް

އިގްތިސާދުގެ ސަޕްލައި-ސައިޑް ބަދަލުކޮށްލާނެ!

އަންނަ އަހަރު ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކުން ރާއްޖޭގެ އިގްތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލު ކޮށްލާނެއެވެ. ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފުޅާވެ، ކަންކޮޅު ތަކުގައި އެއާޕޯޓްތައް ތަރައްގީވެ، ކެޕޭސިޓީ އިތުރު ވެގެން ދާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާއި މާފަރާއި ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ނަފާވެރި ރާއްޖެ އަކަށް އަލި ވިލޭނެއެވެ.  

ސަރުކާރުން އަންނަ އަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން މުޅި ބަޖެޓްގެ ރުފިޔާ ހަރަދު ކުރަނީ އެހެން ވެގެންނެވެ. މުޅި ބަޖެޓްގެ 19.7 ޕަސެންޓް ހަރަދު ކުރާނީ ޕީއެސްއައިޕީ މަޝްރޫއު ތަކަށެވެ. މުޅިން އަލަށް ފަށާ 204 މަޝްރޫ އަކަށް 483.7 މިލިއަން ރުފިޔާ ހޭދަ ކުރަން ނިންމީ ސަމަސާއަކަށް ނޫނެވެ.

ރާއްޖޭގެ އިގްތިސާދު ފަހި ފަޅިއަށް ފުށުން ޖަހާލުމަށެވެ. ޓެންޑަރިންގ މަރުހަލާގައި އޮތް 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާއާއި ޕްރީ ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަ ކޮށްގެން އެ ހުރިހާ ކަމެއް ނިމިގެން ދާނެއެވެ. މިހާރު ހިނގަމުން އަންނަ 1211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށް އެ ކަންކަން މުޅިން ނިންމާ ލާނެއެވެ. ނިމިފައިވާ 113 މަޝްރޫއެއްގެ ރިޓެންޝަން އަށް 77.3 މިލިއަން ރުފިޔާ ހަރަދުކޮށް ތަރައްގީ ދަމަހައްޓާނެއެވެ. މި ވެރި ކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ރައްޔިތުން ތިބޭނީ އުފަލުން ފޮޅިފައެވެ. ހެޔޮ ވެރިކަމެއްގެ ހަގީގީ މީރު ރަހަ ދެކި ދެކިއެވެ.