ސޫދާނުގެ ކުޑަކުދިންނަށް ރައްކާތެރިކަމެއް ނެތް
ސޫދާނުގައި 8.5 މިލިއަނަށްވުރެ ގިނަ ކުޑަކުދިން އިންސާނީއެހީތެރިކަމަން ބޭނުންޖެހިފައި
ސޫދާނުގެ ކުޑަކުދިން ހިމާޔަތްކުރުމަށް ދުނިޔޭގެ އެންޖީއޯތަކަކުން ގޮވާލައިފިއެވެ. އަނިޔާވެރި ހަމަނުޖެހުންތައް ކުރިއަށްދާއި ސޫދާނުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލީ ވޯލްޑް ވިޝަންއާއި ސޭވް ދަ ޗިލްޑްރަންސް އާއި ޔުނިސެފުންނެވެ.
ސޫދާނުގައި މިހާރު ހިނގަމުންދާ ހަގުރާމައިގައި ލިބެމުންދާ ގެލުންތަކުގެ ސަބަބުން ސޫދާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތިންބައިކުޅަ އެއްބައި ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކުޑަކުދިންނާއި ހާއްސައެހީއަށް ކޮންމެހެން ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޭސްފަރުވާވަނީ ހުއްޓިފައެވެ. އެ ކުދިންވަނީ ސިއްހީއެހީތެރިކަމުން އެއްކޮށް މަހުރޫމްވެފައި ކަމަށްވެސް އެ ޖަމުއިއްޔާތަކުން ބުނެއެވެ.
ކަރަންޓް ކެނޑިފައި އޮތުމުގެ ސަބަބުން ވެކްސިން ރައްކާކުރަން ބަހައްޓާ " ކޯލްޑް ޗޭން "ތަކަށް އަސަރުކޮށް ވެކްސިންތައް ސަކަރާތްވެ ވެކްސިން ނުޖެހި ޒީރޯ ޑޯޒްގެ އެތައް މިލިއަން ކުދިންނަށް ފުރާނަޔަށް ނުރައްކާވާ މަރުގެ ބަލިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެއެވެ.
ސޫދާނުގައި މިހާރުވެސް 8.5 މިލިއަނަށްވުރެ ގިނަ ކުޑަކުދިން އިންސާނީއެހީތެރިކަމަން ބޭނުންޖެހިފައި ތިބިއިރު ހަނގުރައިމާގެ ދަތިކަމުގެ ސަބަބުން "ސީރިއަސް އެކިއުޓް މަލްނިއުޓްރިޝަން" ޖެހިފައިވާ ކަމަށް ލަފާކުރެވޭ 50،000 ކުދިންނަށް ފަރުވާ ދިނުމަށް ވަނީ ބުރޫއަރާފައެވެ. މީގެ އިތުރުން ސްކޫލްތައް ބަންދުވެފައި އޮތުމާއި ގުޅިގެން އެތައް މިލިއަން ކުދިން ވަނީ ތައުލީމު އުގެނުމުން މަހުރޫމުވެފައެވެ.
ވޯލްޑް ވިޝަންއާއި ސޭވް ދަ ޗިލްޑްރަންސް އަދި ޔުނިސެފް އިން ވަނީ ހަމަނުޖެހުން ތަކުގެ ސަބަބުން ކުޑަ ކުދިންނަށް ދިގު މުއްދަތެއް ވަންދެން ކުރާނެ އަސަރުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާޅުކޮއްފައެވެ. އަދި ހަގުރާމަކުރިއަސް ކުޑަ ކުދިންނާއި އިންސާނީ އެހީތެރިކަން ބޭނުން ޖެހިފައިވާ މީހުނަށް ސިއްހީ ހިދުމަތް ތަކާއި ، ކާނާއާއި، ބޯފެނާއި ، ރައްކާތެރިކަމާއި ، ތައުލީމް އުގެނުމުގެ ފުރުސަތު ލިބެންޖެހޭނެ ގޮތް ހޯދަދޭން ޖެހޭނެކަމަށް އެ ޖަމައަތްތަކުން ބުނެއެވެ. ސޫދާނު ކުދިންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައު ކުރިއަށް އައްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ.
ސޫދާނުގެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ހަނގުރާމަތައް ހުއްޓާލަން ޖެހެއެވެ.