ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޕޯޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޕޯޓް ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި ހުންނަ އެހެން ގައުމު ތަކުގެ އެމްބަސީން ވެސް ޕާސްޕޯޓް ނެތް މީހުންނާ ހަވާލުވެ އެ މީހުން ގައުމަށް ފޮނުވާލަން އެހީވުމުގައި އުޒުރު ދައްކައެވެ. ހައްޔަރުކޮށްފައި ބައިތިއްބާނެ ތަނެއް ވެސް ނެތެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށްފައި ބައިތިއްބަން ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ޖާގަވެސް މަދެވެ.

ގަވާއިދާ ޚިލާފު ވުމުން އެތަނަށް މީހަކު ލިޔަސް އެ މީހަކީ ކާކުތޯ ދެނެގަތުމަށް ދެ މަހެއްހާ ދުވަސް ހޭދަވެއެވެ. ދައުލަތުގެ ބަޖެޓުން އެ މީހުންގެ ބަންދަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އަނެއް ކޮލުން މިހާރު އެކިއެކި ކުއްތަކަށް އަރައިގަންނަ ބިދޭސީން ވަރަށް ވެސް ގިނައެވެ. އެ ގޮތުން މަސްތުވާ ތަކެތި ވިއްކުމާއި ވައްކަން ކުރުމާއި، މަގު ފޮށުމާއި ހަށިވިއްކުމާއި ހަށިގަތުން ފަދަ އެތައްކަމެއް އަންނަނީ ކުރަމުންނެވެ. 

ރާއްޖޭގައި މިހާރު ވިޔަފާރި ކުރާ ދިވެހިންނަށް ވުރެ ވިޔަފާރި ކުރާ ބިދޭސީން މާގިނައެވެ. އަންދާޒާ ކުރާގޮތުގައި 250،000 އަށް ވުރެގިނަ ބިދޭސީން ރާއްޖޭގައި މިހާރު އެބަ އުޅެއެވެ. އޭގެ ތެރެއިން ބައެއްގެ ހުނަރާއ އެ މީހުންގެ ޖާދޫގައި ގިނަ ދިވެހިން ތަކެއް ވަނީ ޖެހިފައެވެ .

ދިވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބައިހާ ބިދޭސީން ރާއްޖޭގައި އުޅޭ އިރު އެ މީހުންގެ ތެރޭގައި ކުށްކުރާ އެތައް ބަޔަކު ތިބުމަކީ ވަރަށް ކަން ބޮޑުވާން ޖެހޭ ބޮޑު މައްސަަލައެކެވެ. ކުށުގެ ރެކޯޑަށް ބަލައިލި ކަމުގައި ވިޔަސް ބިދޭސީންގެ އެތައް މައްސަލަތަކެއް އަންނަނީ ރިޕޯޓު ކުރެވެމުންނެވެ. ބިދޭސީންގެ ތެރޭގައި މަސްތުވާ ތަކެތީގެ ވިޔަފާރިފުޅާ ދާއިރާއެއްގައި ކުރާ ފަރާތްތަކެއް އެބައުޅެއެވެ. މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ ބޮޑެތި ވިއުގަތައް ބިދޭސީން އޮޕަރޭޓް ކުރެއެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔާފާރިތައް ވެސް ބިދޭސީންގެ އަތްމައްޗަށް ފުރޮޅިއްޖެއެވެ. ކުޑަ ކުދީންނަށް ޖިންސީ ގޯނާކުރުމުގައި އުޅޭ ބިދޭސީންގެ މައްސަލަތައް ވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބަންގްލަދޭޝުން ރާއްޖެއަށް އައި ބިދޭސީއެއްގެ ލަގެޖުން 2339 ޕާޓީ ޕިލް ވަނީ ފެނިފައެވެ. ރާއްޖޭގައި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކު ވެސް ބިދޭސީން ފެންނަ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. ދިވެހިން މި ކަންކަމާއި އިތުރައް ސަމާލުވެ ކުރިއައް އޮތް ތަަނުގައި ފިޔަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު ކަމެވެ