މަނާ މަންތިރިވެ ބޮނދު ބުޑަށް ސައިކިޔާ އަރާނެ ގެ ހުސްވެއްޖެ
ނަޝީދަކީ އިންތިހާބީ މަގާމެއްގައި ދައުރު ހަމަކުރެވޭ މީހެއް ނޫން
ނަސީދު މިހާރު ދެން އެންމެ ރަނގަޅު ވާނީ އަނެއްކާ ވެސް އިސްތިއުފާ ދެއްވިއްޔާއެވެ. އެ މަނިކުފާނު އިސްތިއުފާ ދެއްވާފައި މެންބަރުކަން ވެސް ދޫކުރައްވާ ވަޑައިގެންނެވިއްޔާއެވެ. ސިޔާސީ ގޮތުން ނަޝީދަށް ދެން ކުރިމަގެއްނެތެވެ. ކުރިން ރައްޔިތުން ދިން ލޯތްބާއި އިޙްތިރާމެއް ނެތެވެ. އެ އިހުތިރާމާ ލޯބި އަމިއްލަފުޅަށް ވެއްޔާ މޮޑެލައްވައިފިއެވެ.
ގިނަ ރައްޔިތުންގެ ލޯތްބާއި އިހްތިރާމު އޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ. ހަގީގަތާ ދެކޮޅަށް މަސައްކަތް ކުރައްވައިގެން ނަޝީދަށް ނަތީޖާއެއް ހާސިލު ނުކުރެއްވޭނެއެވެ.
ރައްޔިތުން އިސްކުރާ މަގާމެއްގެ ދައުރު ފުރިހަމަ ކުރެއްވޭ ބޭފުޅަކަށް ނަޝީދު ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މާލޭ ރައްޔިތުން ކުރިންވެސް އޭނާ ހޮވިއެވެ. އުޅުއްވެވުނު ގޮތަކުން ދައުރު ފުރިހަމަ ނުކުރައްވާ ޖެހިވަޑައިގަތީ މަގާމާ ވަކިވެ ވަޑައި ގަންނަވާށެެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަން ލިބި ވަޑައިގަތުމުން ވެސް ޖެހިވަޑައިގަތީ މަގާމު ދޫކުރައްވާށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ލިބި ވަޑައިގަތުމުން ޖެހިވަޑައިގަންނަވަނީ ހަމަ އެދަތުރެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ނިންމުމާއެކު އެ ކަމާއި ގުޅޭ ގަރާރުގައި 54 މެންބަރުން ސޮއި ކުރައްވައި އިތުބާރު ނެތްކަމަށް އެއޮތީ ހުށަހަޅާފައެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުން ނަސީދު ވަކިކުރަން ފާސްވާނެކަން ޔަގީނެވެ.
މަޖިލީހުގެ ރައީސް ކަމުގައި އިންނަވާއިރު މައްޗަށްގޮޅީ މެދު ދާއިރާގެ ރައްޔިތުން ތަމްސީލު ނުކުރެއްވޭކަން ނަޝީދަށް ވިސްނި ވަޑައިގަތީ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ހިސާބަށް ދިޔުމުންނެވެ. މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުން ހަނި އަގުލަބިއްޔަތަކުން ދާއިރާ ގޮނޑީގައި ވެޑުވީމާ ރައްޔިތުން މަތިން ހަނދުމަ ނައްތަވާ ލައްވައިގެން ހުންނެވުމަށް ފަހު ކުއްލިޔަކަށް ދާއިރާ ރައްޔިތުން ހަވާލުކުރެއްވި މަސްއުޅިއްޔަތު އަދާ ނުކުރެއްވުނުކަން އިހުސާސްވެ ވަޑައިގެންފިއެވެ. ދައުރު ހަމަވާން އަހަރަކަށް ވުރެ ކުރުވުމުން ދެން ދާއިރާގެ ރައްޔިތުން ތަމްސީލުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ވާހަކަ ދެއްކެވީމާ ދާއިރާ ރައްޔިތުން ކުރަނި މަލަމާތެވެ.
ވެރިކަން ލިބި ވަޑައިގަތުމުން ހެއްދެވިހެން އިސްތިއުފާދީފަ ގެއައް ކަނޑާލާށޭ ބުނާކަށް ނެތީމެވެ. މީހުންލައްވާ ނުބައިހައްދަމުން އަންދާގާނޫނު ކުޅެމުން ދާއިރު ރައްޔިތުން ތިބީހޭލާ ބަލާށެވެ. ރައްޔިތުންގެ އިހުސާސެއް ޑިމޮކްރަސީއެއް ވެސް އެނގިވަޑައެއް ނުގަތެވެ. ވެރިކަމެއްވެސް ނުކުރެއްވުނެވެ.
އާދައިގެ މަތިން ދައުރު ހަމަ ނުކުރައްވާ މައްޗަންގޮޅީ މެދުދާއިރާގެ ގޮނޑި ވެސް ދޫކޮށް ލެއްވިއްޔާ މާރީތިވާނެއެވެ. ނަސީދު ކުރިއަށް ކުޅުއްވާ ހަކުޅި އާއި ގޭ މީހުންކުޅޭ ކުޅިއާއި ، މީހުންލައްވާ މިހާރު ތިޔަ ކުޅުއްވާކުޅި ރައްޔިތުންނަށް ސާފެވެ. ރޭންބޯ ދިދަ ނަންގަވައިގެން އަނެއް ގޮތް ހޯއްދަވައިގެން އަނެއް ރާއްޖެއަށް ޗަގޯސް ހައްދަވަން ވަޑައިގަންނަވާށެވެ.
މަނިކުފާނަށް ރައްޔިތުންޖެ މަޖިލީސްގެ އިތުބާރެއް ނެތެވެ. ރައްޔިތުންގެ އިތުބާރެއްވެސް ތެވެ. ކުޅުއްވިހާ ކުޅިއެއް ތިޔަ ކުޅުއްވީ ފަހަތަށެވެ. ގޯލު ޖެއްސެވީ ބައިކޮޅަށެވެ. ތިޔަ ހުންނެވީ މަނާ މަންތިރިވެ ބޮނދު ބުޑަށް ސައިކިޔާ އަރާނެ ގެ ހުސްވެފައެވެ. ރަނގަޅުވާނީ މިނައްވަރު ވިދާޅުވާހެން ގެއަށް ކަނޑާލެއްވިއްޔާއެވެ.