ލެބަނާނުން ސިފަވަނީ ބިރުވެރި ފިލްމެއް
މުޅި ދިރިއުޅުން އެއް ފޮއްޓެއްގައި ޕެކް ކުރާނީ ކިހިނެއް
ބޭރޫތުން ލަންޑަނަށް އިއްޔެ ދަތުރުކުރި ހަމައެކަނި ކޮމާޝަލް ފްލައިޓުގައި ހީތުރޯ އެއަރޕޯޓަށް ފޭބި އެކަކީ ވަލީދު އަސަފްއެވެ. ވަލީދުމެން ފުރައިގެން އައިއިރު ބޭރޫތުގައި ގޮވަމުން ދިޔަ ގޮވުންތައް ހަމަލޮލުން ދުއްޓެވެ.
"އެއީ ބިރުވެރި ކަމެއް. އެމީހުން (އިސްރާއީލުން) ދިޔައީ ބޭރޫތުގެ ހުރިހާ ތަނަކާއި ހުރިހާ އެއްޗަކަށް ބޮންއަޅާ ގޮއްވަމުން." ވަލީދު އަސަރާއެކު ކިޔާދިނެވެ. ވަލީދު ބުނި ގޮތުގައި އެއީ ހަނގުރާމައެއްކަން އެގެއެވެ. އެކަމަކު ނޭގެނީ އެއީ ކަކާ ދެކޮޅަށް ހަނގުރާމައެއް ކަމެވެ. އިޒްރޭލުން ހަނގުރާމަ ކުރަނީ މަގުމަތީގައި ތިބި އާއްމު ރައްޔިތުންނާ ދެކޮޅަށްތޯ އޭނާ ސުވާލު އުފެއްދިއެވެ. "އެއީ މުސީބާތެއް. އެމީހުން އެއާޕޯޓުގެ ބޭރުގައި ބޮން ގޮއްވަނީ. އެއީ ބިރުވެރި ފިލްމެއް ފަދަ ކަމެއް، ހަގީގަތުގައި ވެސް ބިރުވެރި ފިލްމެއް." ވަލީދު ސިފަކޮށް ދިނެވެ.
ފިރިމީހާގެ ކަރުނަތައް ފޮހެލަމުން ވަލީދުއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅޭ ސޯފިއާ ބުނީ ލުބުނާނުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަނީ "ނަސްލު ނައްތާލުމެއް" ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ގޮވާލަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ.
"ނަތަންޔާހޫ އެންމެ ފަހު ވަގުތު އިންޒާރެއް ދިން ނަމަވެސް އެއީ މީހުނަށް އެތަނުން ފައިބައިގެން ދިއުމަށް ފުދޭވަރުގެ ވަގުތު ލިބުނު ކަމެއް ނޫން،" ކަމަށް ސޯފިޔާ ބުންޏެވެ. "ދާންވީ ތަނެއް ވެސް ނުބުނޭ. ފަލަސްތީނުގެ ރައްޔިތުންނާ މެދު ކަންކުރާ ގޮތަށް ކަންތައް ކޮށްފައި. ތަން ދޫކޮށް ދާން ބުނި އިރު އެތަނުގައި ބޮން ގޮއްވަމުން ގެންދަނީ." ކަމަށް ސޯފިޔާ ކިޔާދިނެވެ. "މިއީ ދެން ކޮންކަމެއް؟ މިއީ ނަސްލު ނައްތާލުމެއް. އޭނާ [ނަތަންޔާހޫ] މަސައްކަތް ކުރަނީ ފަލަސްތީނާ އެއްގޮތަށް ލުބުނާނަށްވެސް ކަން ކުރަން" ކަމަށެވެ.
" ބޭރޫތުގެ މީހުންނަށް ފުދޭވަރަކަށް އަނިޔާ ލިބިއްޖެ. އަހަންނަކީ އިނގިރޭސި އެއް، އަދި އަހަރެންނަށްވެސް ފުދޭވަރު ވެއްޖެ. އެކަން ހުއްޓާލަން ޖެހޭ. ދުނިޔޭގެ ލީޑަރުން އެކަން ހުއްޓުވަން ޖެހޭ" ސޯފިޔާގެ ކަންބޮޑުވުން ފާޅުކުރިއެވެ.
ބޭރޫތުން އައި ފްލައިޓްގެ އިންތިޒާރުގައި ހީތުރޯ އެއަރޕޯޓްގައި ރޯލާ ރާޒިކް އާއި އޭނާގެ ފިރިމީހާ ހުސެއިން ވެސް ތިއްބެވެ. އެމީހުން އެތިބީ ބޭރޫތުގައި ދިރިއުޅޭ ކޮއްކޮއަށް ޒިޔާރަތް ކުރި 80 އަހަރުގެ މަންމަ މައުނީރާގެ އިންތިޒާރުގައެވެ. ހީތުރޯ އެއަރޕޯޓުން މައުނިރާއަށް ދަރިފުޅާ ބައްދަލުވެވުމުން ޝުކުރުވެރި ކަމާއެކު ބުނީ " އަހަރެމެން ތިބީ ސަލާމަތުން" ކަމަށެވެ. ކަންބޮޑުވެ ހާސްވެފައިހުރި ރޯލާ ރާޒިކްއަށް ބުނެވުނީ "މިއީ ސިކުނޑި ފުނޑުފުނޑުކޮށްލާ، ވަރަށް ޖަޒުބާތީ، ވަރަށް ސްޓްރެސް ބޮޑު ކަމެއް. މުޅި ދިރިއުޅުން އެއް ފޮއްޓެއްގައި ޕެކް ކުރާނީ ކިހިނެއް ހެއްޔެވެ؟"
އަނެއް އަންހެނަކު ކަމަށްވާ ސޮލަންގޭ ބުނީ އޭނާގެ 13 އަހަރުގެ ދަރިފުޅު އަލީގެ އިންތިޒާރުގައި ހުރި ކަމަށާއި ލުބުނާނުގައި ހިނގާ ކަންތައްތަކުގެ ސަބަބުން "ހަލާކުވެ، ރުޅިގަދަވެ، ހިތާމަކޮށް، މާޔޫސްވެ، އެއްވެސް އެހީތެރިކަމެއް ނެތް" ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. "އަހަރެމެން މިކަމާ ހަނގުރާމަ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ، އަދި މިހާރު އަހަރެމެންގެ ދަރިން މިކަމާ ހަނގުރާމަ ކުރަމުންދަނީ. އަހަރެމެން ބިރުގަންނަނީ މާމަދަރިން ވެސް މިކަމާ ކުރިމަތިލާނެތީ" އެވެ.
ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އިގިރޭސި މިކަހަލަ އެތައް އާއިލާއަކަށް ވޭނާ ކެކުޅުން ލިބޭއިރު ބޭރޫތުގެ އާއްމު ރައްޔިތުން ތިބޭނެ ހާލަތު ހިތްމައްޗަށް ގެންނަންވެސް ދައްޗެވެ. ހީތުރޯ އެއަރޕޯޓްގައި ހުރި އިގިރޭސި އެހެން ރައްޔިތަކު ބުނިގޮތުގައި ގައުމަކަށް ވީތީ އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ލުބުނާނުގެ އިންސާނީ ހާލަތަށް ރިއާޔަތްކޮށް އިޒްރޭލްގެ އަނިޔާވެރިކަން ހުއްޓުވުމަށް އެދޭކަމަށެވެ.
އިސްރާއީލުން ބުނަނީ ހިޒްބުއްލާގެ ކޮމާންޑަރުންނަށް އަމާޒުކޮށްގެން "ސީދާ" ހަމަލާތަކެއްގައި ލުބުނާނުގެ ދެކުނަށް ބޮން އަޅަމުންދާ ކަމަށެވެ. އެއީ 7 އޮކްޓޯބަރުގައި ހަމާސްއިން ދިން ހަމަލާތަކަށް ފަހު ބޯޑަރު ހުރަސްކޮށް ދިން ރޮކެޓް ހަމަލާތަކުގެ ރައްދުގެ ގޮތުގައި އެ ޖަމާއަތާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށެވެ.
އިސްރާއީލުން އެއީ "ސީދާ" ހަމަލާއެއް ކަމަށް ފާހަގަކުރިއިރު، ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މަދުވެގެން ހަ މީހަކު މަރުވެ 91 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ. ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ޑެޕިއުޓީ ކޮމާންޑަރު އައްބާސް ނިލްފުރޫޝާން ވެސް މަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.