މަރުވެގެން ސަންދޯކުއެޅި އަންހެނަކު ތެދުވެއްޖެ

މަރުވެގެން ސަންދޯކުއެޅި އަންހެނަކު ތެދުވެއްޖެ

އިކުއެޑޯގައި އުމުރުން 76 އަހަރުގެ ބެލާ މޮންޓޯޔާ ނަމަކަށް ކިޔާ އަންހެނަކު މަރުވެފައިވާ ކަމަށް އިއުލާން ކުރިތާ ހަތަރު ގަޑިއިރު ފަހުން ހޭވެރިކަންވެއްޖެއެވެ. މި ހާދިސާ ހިގައިފައި ވަނީ މެޑިކަލް އެގްޒެމިނަރަކު އޭނާގެ މަރު ސާބިތުކޮށް ސެޓްފިކެޓްދީ ސަންދޯކަށް ލާފައި އޮއްވައެވެ.

މައުލޫމާތު ލިބޭގޮތުގައި ގޮތުގައި މޮންޓޯޔާއަށް ޖެހުނު ބައްޔަކީ ކާޑިއޯ ރެސްޕިރޭޓަރީ އެރެސްޓްއެވެ. މީގެސަބަބުން ހަށިގަޑުގެ މަސައްކަތް ކުރުމާއި ނޭވާލުން ލަސްކޮލައެވެ. އެހެންކަމުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް އޭނާ ވަނީ މަރުވެފަކަން ގަބޫލު ކުރެވުނެވެ.

މޮންޓޯޔާއަށް މިހާރު އަންނަނީ އޭނާ މަރުވެފައިވާ ކަމަށް އިއުލާންކުރި ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ދަރިފުޅު ބުނާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ.