ފުލައިޓުގެ ތެރޭގައި ހޭނެތުނު ކުއްޖަކު މަރުވެއްޖެ.

ފުލައިޓުގެ ތެރޭގައި ހޭނެތުނު ކުއްޖަކު މަރުވެއްޖެ.

ފުލައިޓުގެ ތެރޭގައި ހޭނެތުނު ކުޑަ ކުއްޖަކު މަރުވެއްޖެއެވެ. މިހާދިސާ ހިގައިފައި ވަނީ އާދީއްތަ ދުވަހު ޓާކިޝް އެއާރލައިންސްގެ ފްލައިޓް ޓީކޭ003 އިސްތަންބޫލުން ނިއުޔޯކަށް ދިޔަ މަގުމަތީގައެވެ. އެ ފްލައިޓުން ދަތުރުކުރި 11 އަހަރުގެ ކުުޑަ ކުއްޖަކު ހޭނެތިގެންނެވެ.

ކުއްޖާ ހޭނެތުމުން ފުލައިޓް ވަނީ ބުޑަޕެސްޓްގައި ކުއްލި ގޮތަކަށް ޖައްސާފައެވެ. ބޯޓު ޖެއްސުމާއި އެކު އެއާރޕޯޓްގެ މެޑިކަލް ސާވިސް ސްކްރެމްބްލްކޮށް އެ ތަނަށް ގެންގޮސް އަވަސް ފަރުވާ ދިން ނަމަވެސް ކުއްޖާ ސަލާމަތެއް ނުކުރެވުނެވެ.