ހުސްވިމަހު އަލަށް އުފަންވި ކުދިންނަށް 243 ގިފްޓްޕެކް

އެސްޓީއޯ އިން ވަނީ އޭޕްރީލް މަހުގެ ތެރޭގައި އުފަންވި ކޮންމެ ކުއްޖަކަށް ހަދިޔާ ޕެކެއް ފޯރުކޮށްދީފަ

ހުސްވިމަހު އަލަށް އުފަންވި ކުދިންނަށް 243 ގިފްޓްޕެކް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި އުފަންވި ކޮންމެ ކުއްޖަކަށް ހަދިޔާ ޕެކެއް ފޯރުކޮށްދީ ހިތްހެޔޮ ކަމުގެ މިސާލެއްދައްކުވާދީފައެވެ. 114 އަންހެން ކުދިންނާއި 129 ފިރިހެން ކުދިން ހިމެނޭ ގޮތަށް އަލަށް އުފަންވި 243 ކުދިންނަށް މި ހާއްސަ ހަދިޔާ ވަނީ ދީފައިވެއެވެ.

ގިފްޓް ޕެކް ދޫކުރެވިފައިވާ ރަށްތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި، ރ. އުގޫފާރު، ގދ. ތިނަދޫ، ލ. ގަން، ތ. ވޭމަންޑޫ، ސ. ހިތަދޫ، ޏ. ފޯމުލަކު ގެ އިތުރުން މ. މުލީ ހިމެނެ އެވެ. އެސްޓީއޯއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ އަމާޒަކީ އެކި ސަރަޙައްދުތަކުގެ ޢާއިލާތަކާ ހަމައަށް ވާޞިލުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދުޅަހެޔޮކަމާއި އުފާވެރިކަން ޙިއްޞާކުރުމެވެ.

މި ގިފްޓް ޕެކްތައް ތައްޔާރުކޮށްފައި ވަނީ އަލަށް އުފަންވާ ކުއްޖަކަށް ބޭނުންވާނެ ފަދަ ޒަރޫރީ ތަކެތި އޭގައި ހިމެނޭހެންނެވެ. ބެލެނިވެރިކަމުގެ ފުރަތަމަ މަރުހަލާގައި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ މި ޕެކޭޖު ތަކުން އެސްޓީއޯއިން ދޭ އަހައްމިއްޔަތުކަން އެނގިގެންދެއެވެ.

އެސްޓީއޯގެ މި އިސްނެގުމުންވެސް ދައްކުވައިދެނީ އަލައްއުފަންވާ ކުއްޖެއްގެ އުފަންވުމުގައި ބައިވެރިވުމުގެ އިތުރުން މުޖުތަމައުގެ އެއްބާރުލުމާއި އެއްބައިވަންތަކަމުގެ މުހިންމުކަމެވެ. އެސްޓީއޯގެ މި ހިތްހެޔޮކަން ވެގެންދާނީ ހަމަގައިމުވެސް ވަރަށް ގިނަ އާއިލާތަކަކައް ހިތްހަމަޖެހުމާ އުފާވެރިކަން ގެނެސްދިން މަސައްކަތަކައްށެވެ.

އޭޕްރީލް މަހު އުފަންވާ ހުރިހާ ކުދިންނަށް ހަދިޔާ ޕެކް ފޯރުކޮށްދީ، އެސްޓީއޯ އިން ވަނީ މުޖުތަމައުގެ ލާބައާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ މިސާލު ދައްކައިފަ އެވެ. ދީލަތިކަމުގެ މި ޢަމަލުން ދައްކުވައިދެނީ އަންނަން އޮތް ޖީލުތަކަށް ތަރުބިއްޔަތުކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކެވެ.