ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތަފާތަކީ ތަފާތު ނުކުރުން

މާާލެ ތޮއްޖައްސާ ރަށްތައް ފަޅުކޮށްލުމުގެ ސިޔާސަތު ހުއްޓާލާ ލާމަރުކަޒީ ބާރުތައް ރަށްރަށަށް

ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތަފާތަކީ ތަފާތު ނުކުރުން

ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. ހަމަހަމަ ކަމެވެ. އެގޮތުން ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނުންކަން ދެނެވަޑައިގެން އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރަށްރަށުގެ ނަރުދަމާއާއި ފެނުގެ ޚިދުމަތް ގާއިމުކޮށް ދެއްވުމެވެ. އެއްފަހަރާ ސަތޭކަ އެތައް ރަށެއްގައި އެ މަސައްކަތް އެގެންދަނީ ކުރައްވަމުންނެވެ.  

ލަފާފުރޭނެ ފަދައެއް ނެތިފައި އޮތް ހުރިހާ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ދަނީކުރިއަށެވެ. ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައިވާ ހުރިހާ ރަށެއްގެ ތޮށިތަކާއި ބަނދަރުތަކުގެ އާބާތުރަ ފިލުއްވުމުގައި އެ އުޅުއްވަނީ އަވަދިނެތިއެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ހުރިހާ ރަށެއް ރައްކާތެރިކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ ރަށެއްގެ ވެއްޓާއި ގުޅޭހެން އެދަނީ އަޅަމުންނެވެ. މަގުތައް ތަރައްގީކޮށް ތާރުއަޅާ ރަށްވެހި ފަތިސް ގެނެސްދެއްވަމުން އެގެންދަވަނީ ރަށުގެ ކުޑަބ ޮޑުމިނަށް ބެއްލެވުމެއް ނެތިއެވެ.

ކަރަންޓްކެޑި ކަނު އަދިރީގައި ތިބެން ޖެހުމުން ރަށްރަށުގެ ރައްޔިތުން ސަލަމަތްކުރެއްވުމަށްޓަކައި ހޭބޯނާރާ މަސައްކަތް އެބަކުރެއެވެ. އައު އިންޖީނުގެތައް ބިނާކޮށް ކަރަންޓުގެ ވިއުގަ ފެންވަރުމަތިކޮށް އެ ރަށަކާ އެކަށީގެންވާ ގޮތަށް އެންމެ އެކަށީގެންވާ ހިދުމަތް ގާއިމުކޮށް އެހުރެ ނިމެނީއެވެ. ބަލިމީހަކަށް އައިވީ ދޭ ބީދައިން ދެވުނު ކަރަންޓުގެ ހިދުމަތް އިއާދަ ުރަނިވި ހަކަތައާއިއެކު ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ޒަމާނީކޮށް އެނިމެނީއެވެ. ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުވެ، ހޮސްޕިޓާތައް ޓާޝަރީ ކުރައްވަމުން އެގެންދަވަނީ ސިއްސައިގެން ދާހާ އަވަހަށެވެ.

ތައުލީމީ ދާއިރާއިން މި ސަރުކާރު ހޯދާފައިވާ ކުރިއެރުން ތަކުގެ ވާހަކަދ ައްކާ ކޮޅުންލާކަށްނެތެވެ. މަތ ީތައުލީމު ހާސިލ ުކުރެވޭނެ ގޮތް ނެތިފައި ތިބި ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ތައާރަފްކޮށް ކާމިޔާބުކަމާއެކު އެބަހިންގައެވެ. ރާއްޖޭން ބޭރުގައި ގޮތްހުސްވެ ކިޔެވުން ހުއްޓާލާފައި އެބުރި އަންނަން ޖެހިފައިވާ އެތައް ދަރިވަރުންނަށް ލޯނު ސްކީމެއްގެ ދަށުން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގުއޮތީ ފަހިކޮށްފައެވެ. ސަރުކާރުގެ ހަރަދުގައި ހެދުނުގެ ނާސްތާ ލިބިގެންނޫނީ އެއްވެސް ދަރިވަރަކު ދުވަހުގެ ކިޔެވުމެއް ނުފަށައެވެ. ވަސީލަތާއި އިމާރާތުގެ ދަތިކަން ސްކޫލް ތަކުން ފިލުވާ ދިނުމުގައި ބޮޑުތ ަނުން ކާމިޔާބީ އެދަނީ ހޯދަމުންނެވެ. ކިޔާފައި ނުކިޔާނެ ކަމެއްނެތެވެ.

މާާލެ ތޮއްޖައްސާ ގިނަ ރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ހުއްޓަވާލައްވާ ލާމަރުކަޒީ ބާރުތައް ރައްރަށް ތަންމިނައް އެވަނީ ދޫކޮށް ލައްވާފައެވެ. ދަތުރު ފަތުރުގެ ވިއުގަތަކުން މުޅިރާއްޖެ ވައިގެމަގުންނާއި ކަނޑުމަގުން ގުޅުވާލާ އެހުރެނިމެނީއެވެ. އަގުހެޔޮ އަވަސް ދަތުރު ފަތުރުގެ ނިޒާމެއް މުޅި ރައްޔިތައް ފަހިކޮށްދީ އިގުތިސާދީ ނާރެސް ފުޅާވެ ބޮޑުވަމުން އެހެރަ ދަނީއެވެ. ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކަކަށްވުރެ މުޅިރައްޔިތަށް ނަފާވެރި މަޝްރޫއޫތައް އެކި ކަންކޮޅު ތަކުގައި އެގެންދަވަނީ ހިންގަވަމުންނެވެ.  ދަރަނި އަދާކުރުމަށް ދަރަނިވެރިވުން ނިމުމަކަށް ގެނައުމަށް އެހީތެރި ގައުމުތަކުގެ މަދަދާ އެހީތެރިކަން ހޯއްދަވައި ރައްޔިތުންނަށް ލުއިގޮތެއްގައި ރައްކާތެރި ދިރިއުޅުމެއް ހޯއްދަވާ ދެއްވުމަށް ކެނޑިނޭޅި ހިތްވަރު އެބަ ކުރައްވައެވެ.

ސަރުކާރުގެ ތެރޭގައި ހިނގާ ފަސާދައިގެ އަމަލުތައް ބައްލަވާ އިންސާފުވެރި ފިޔަވަޅު އެބަ އަޅުއްވައެވެ. ބިލިޔަން ބިލިޔަނުން ފައިސާ ވެރިންގެ ޖީބުތަކަށް ނަހަމައިން ގަންބާ ފުރާލި ދައުލަތުގެ ފައިސާ އަނބުރާ ހޯއްދަވަން އަދުލުވެރި ކަމާއެކު މަސައްކަތް އެބަކުރެެވެއެވެ. ދައުލަތުގެ އިހުމާލުން ބޮޑެތި ގެއްލުންތައް ލިބޭ ފަރާތްތަކަށް އަދުލުވެރި ބަދަލު އެބަ ހޯއްދަވާ ދެއްވައެވެ. މޫލާ ހަރުވެ ހަމައެއް ލަމައެއްނެތި ކުރާ އިންސާނީ ވަގުފާރީގެ ދޮރުތައް އެގެންދަވަނީ ބަންދުކުރައްވަމުންނެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބިދޭސީން ބޭނުންހާ ގޮތަކަށް އުޅެމުން އައި ގިނަ ބިދޭސީންތަކެއް ޑީޕޯޓް ކުރައްވައިފިއެވެ. އާއްމު ކުދިވިޔަފާރިތަކުން ބިދޭސީ ލޭބަރުން ނަގަމުންދާ މަންފާ ނެގުން ހުއްޓުވުމުގެ މަސައްކަތް ކެއްތެރިކަމާއެކު ވަނީ ފައްޓަވާފައެވެ.