އިބޫ2023: މާލެ ޖަލްސާ

މެންބަރުން ތިބީ މަރުވަމުންދާ ފިކުރެއް ދިރުވުމަށްވުރެ އެމްޑީޕީއާއި އެކުގައި ކުރިއަށް ދިޔުމަށް

އިބޫ2023: މާލެ ޖަލްސާ

ރައީސް ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލޭވޭ މިރޭގެ ޖަލްސާ އޮންނާނީ މިރޭގެ 8.30 ގައެވެ.

ރައީސް ސާލިހުގެ ޕްރައިމަރީ ކެންޕޭން ރާއްޖޭގެ ކަންކޮޅުތަކުގައި ފޯރިއާއެކު ހިނގަމުން އެބަދެއެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަން އިތުރު ދައުރަކަށް ގެންދަން ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކުރެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރަކީ ކޮވިޑް19ގެ ވަބާގައި މުޅި ދުނިޔެ ޖެހި ދުނިޔެ ހުއްޓި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އުޅެން ޖެހުނު ދެ އަހަރެވެ. ކޮވިޑްގެ ބިރުވެރިކަން ކުޑަކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވި ރައީސަށް އިތުރު ދައުރެއް ދިނުމަކީ ގިނަ ރައްޔިތުން ލޮލުން ބޮލުން އެދޭ ކަމެކެވެ.

ތަފާތު ކުރުމެއް ނެތި އެންމެންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުކޮށް ނިންމުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ގިނަ ރައްޔިތުން އެދެއެވެ. ދަތުރު ފަތުރުން މުޅި ރާއްޖެ ގުޅުވާލާ ހިލޭޑިގްރީއަށް ކިޔަވާ ދެއްވައި ގޮނޑުތައް ހިމާޔަތްކޮށް ދެއްވައި ހުރިހާރަށެއްގެ ލަފާފުރުން ފަސޭހަކޮށްދެއްވައި ތައުލީމާއި ސިއްހަތާއި އަމާން ވެއްޓެއް ގާއިމުކުރުމަށް ރައީސް ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ފުރިހަމަކޮށް ނިންމުމަށް ރައީސް ސާލިހަށް ފުރުސަތު ދިނުމަށް ގިނަ ބަޔަކު ބޭނުމެވެ. ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަންނާނެ ގޮތްތައް ފުރިހަމަ ކޮށްދެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްތަކުގެ މަންފާ ރައްޔިތުންނަށް ލިބި ދިނުމަށް ރޭވިފައިވާ ކަންކަން ތަންފީޒުކޮށް ނިންމުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ހައްގު ކަމަށް ދެކެނީ އެތައް ހާސް ބައެކެވެ.

އެމްޑީޕީ މެންބަރުންގެ ތަރައްގީގެ އިހުސާސް ގުޅިފައި ވަނީ ރައީސް ސާލިހާއެވެ. އެމްޑީޕީގެ ގިނަ މެންބަރުން ތިބީ މަރުވަމުންދާ ފިކުރެއް ދިރުވުމަށްވުރެ އެމްޑީޕީއާއި އެކުގައި ކުރިއަށް ދިޔުމަށް ރައީސް ސާލިހުގެ ފަހަތްޕުޅުގައެވެ.