އަންނަ ރިޔާސަތުން އަސުރުމާކުލަ ގެއްލުނީ

ކުރިއަށް އޮތް ދައުރު ވެރިކަން ނިސްބަތް ވާނީ ޕީއެންސީއަށް

އަންނަ ރިޔާސަތުން އަސުރުމާކުލަ ގެއްލުނީ

ޕީއެންސީ އަކީ ކިރިޔާ 3 ހާސް ހަމަވާ ކުޑަޕާޓީ އެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމް މިހާރުވެފައި މިވާގޮތުން ކުރިއަށް އޮތް ދައުރުގައި ނިސްބަތް ވަނީ ޕީއެންސީ އަށެވެ.  

މިއީ އެބޮޑު ވަރުގަދަ ކަމަށްބުނާ އެމްޑީޕީ އަށް ވެސް މިހާތަނަށް ހޯދުނު ފަޚްރެއް ނޫނެވެ. ޑރ. މުހަންމަދު މުއިއްޒަކީ ސަމާސާ ބޭފުޅެއް ކަމަށް ހީކުރި މީހުންގެ މޮޔަކަން ކިތަންމެހާވެސް ބޮޑެވެ. 

ތުހުމަތުވެ ސާބިތުވެ ދައުވާ އުފުލޭ ކުށްތަކުން ރައީސް ޔާމީން މިނިވަން ކުރުމަކީ އިންސާފުވެރި ވެރިއެއްގެ ގޮތުގައި ޑރ. މުއިއްޒަށް ކުރައްވަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއަށްވުރެ މާފާޅުަކަން ބޮޑު އެންމެނަށް އެނގި ހާމަ ވެފައިވާ ކިތަންމެ ސަބަބަކާ ހުރެ ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ޑރ. މުއިއްޒު ވިސްނާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ގޮތް މާސީރިއަސްއެވެ.

ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމުގެ ކުރިން އެމީހަކު ދައްކާ ވާހަކަތަކާއި އަމަލު ކުރާ ގޮތަކީ ވެރިކަމާ ހަވާލު ވުމަށް ފަހު ކުރަން ފަސޭހަ ކަމަކަށް ހަމަ އެކަކަށް ވެސް ނުވާނެއެވެ. 

ޕީޕީއެމްގެ ޢާންމު މެމްބަރުން ވެސް ދިވެހިރާއްޖެއަށްޓަކާ ކުރަން ދެން އޮތް އެންމެ ރަނގަޅު ކަމަކީ ޖަޒްބާތު ތަކުން އެއްކިބާވެ ގައުމުގެ ހަމަޖެހުމަށްޓަކާ ޑރ. މުޙަންމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމެވެ. އެންމެ ހެޔޮ ގޮތަކީ އެއީއެވެ.