ބޮޑުފޮޅުދޫ ކައުންސިލް އެމްޑީޕީއަށް
ބޮޑުފޮޅުދޫން 63 މީހަކު މުޅިން އަލަށް އެމްޑީޕީއަށް ސޮއިކޮށްފި
ރައީސް ސޯލިހު ހެޔޮވެރިކަމުގެ މަންފާ ރައްޔިތުންނަށް ލިބެމުން ދާކަން ރާއްޖޭގެ ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކޮށް ރައީސް ސޯލިހު ދެވަނަ ދައުރަކަށް ރާއްޖޭގެ ރައީސްކަމަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވަމުން ދާދިޔުމަކީ ހެޔޮވެރިކަމެއް ދެމި އޮތުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ވަޒަން ކޮށްދޭ ކަމެކެވެ.
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއަކީ މިނިވަން މެންބަރެއް ގޮތުގައި އެރަށު ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ރައީސް ސޯލިހަށް ތާއިދުކޮށް އެމްޑީޕީއަށް މިއަދު ސޮއި ކުރެއްވުމަކީ ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތު ރައްޔިތުން ބަލައިގެންފައިވަ ކަމުގެ ހެއްކެކެވެ.
ބޮޑުފޮޅުދޫ ރައީސް ޝުޖާއުގެ އިތުރުން ޕީޕީއެމްއިން ކައުންސިލް ގޮނޑިއަށް ހޮވިވަޑައިގަތް ހުންނެވި މުހައްމަދު ނާޝިދު ވެސް މިއަދު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައި ފޯމު ރައީސް އާއި ހަވާލު ކުރައްވާފައެވެ.
ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ ޕީޕީއެމް މެމްބަރަކު އެމްޑީޕީއަށް ސޮއި ކުރެއްވުމުން މިހާރު އެރަށު ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ. އެމްޑީޕީގެ ތިން ކައުންސިލަރުންނާއި މިނިވަން ދެ ކައުންސިލަރުން ހިމެނޭ ބޮޑުފޮޅުދޫން 63 މީހަކު މުޅިން އަލަށް އެމްޑީޕީއަށް ސޮއިކޮށް މެންބަރޝިޕް ފޯމް ރައީސް ސޯލިހު އަތްޕުޅަށް ވަނި އަރުވާފައެވެ.