ޕީޕީއެމް މީހުން ގިނަކަމުން ނަޝީދު ޖަލްސާ ދޫކުރައްވައިފި
ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީގައި އިދިކޮޅު ޕީޕީއެމް މީހުން ގިނަވެ ރައީސް ނަޝީދު ކުއްލި އަކަށް ޖަލްސާ ދޫކުރައްވާ ވަޑައިގެންފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ހީރަހުން ކުރި މަސައްކަތުން އެނގުނީ، ރައީސް ނަޝީދަށް ނުރައްކަލެއް އޮތް ކަމުގެ އެއްވެސް އިންޓެލިޖެންސެއް އޮތްކަން ކަމާ ބެހޭ ރަސްމީ އިދާރާތަކަށް ފާހަގަވެފައި ނުވާ ކަމެވެ.
އެހެންނަމަވެސް މިކެމްޕޭން ފެށުމާ އެކު ރައީސް ނަޝީދުގެ ބަހުރުވަ ރައީސް ޔާމީނާ ޕީޕީއެމް އާ އެއްކޮޅަށް ދީލާ ލެއްވިއެވެ. އެއާ އެކު ރައީސް ނަޝީދުގެ ކެމްޕޭން ގައި ޕީޕީއެމް އެކްޓިވިސްޓުންނާ މީޑިއާ ތަށް މަސައްކަތް ކުރަނީ ރައީސް ނަޝީދާ އެއްކޮޅަށެވެ.
އަދި ރައީސް ނަޝީދުގެ އެއްވުންތަކާ ރެލީ ތަކަށް ވެސް ގިނަ ޢަދަދެއްގެ ޕީޕީއެމް މީހުން ހާޒިރުވެއެވެ.
ކެމްޕޭން ނިންމުމަށް މާލޭގައި ރައީސް ނަޝީދު ބޭއްވި ޖަލްސާއިން ހީނުކުރާ ވަރުގެ ގިނަ ޢަދަދެއްގެ ޕީޕީއެމް މީހުން ތިބިކަން ފާހަގަވެ ރައީސް ނަޝީދު ކުއްލި އަކަށް ޖަލްސާ ދޫކުރައްވާ ވަޑައިގަތީއެވެ.
ރައީސް ނަޝީދު ވަށާ ގިނަ ޢަދަދެއްގެ ޕީޕީއެމް މީހުން ތިބުމަކީ އެމަނިކުފާނަށް ރައްކާތެރިކަމެއް ނޫންކަމަށް ގަބޫލު ކުރެވެއެވެ.