ގާސިމް ކައިރި އަށް އަންނި!

އިބޫގެ އެންމެ ހިކުމަތްތެރި ސިޔާސީ ކުޅިތަ؟

ގާސިމް  ކައިރި  އަށް  އަންނި!

މިހެން މިބުނަނީ ހަމަ ހުރެފައި އެއްޗެއް ބުނާކަށް ނޫނެވެ. ގާސިމަށް އަބަދުވެސް އެންމެ އިތުބާރު ކުޑަ ސިޔާސީ ލީޑަރަކީ އަންނިއެވެ. ގާސިމް ދެކޭ ގޮތުގައި އަންނި ކައިރިން އެއް މޮޅު ލިބުނިއްޔާ ހަތަރު ކެހި އޮތީ ލިބިފައެވެ. އެންމެ ފަހުން ފެބްރުވަރީ 7 ގައި އަންނިއަށް ދިން އެންމެ ބޮޑު ލަގާގެ ފަހަތުގައި ގާސިމް ހުރީ ސިއްރަކުން ނޫނެވެ. 

އަންނިއާ ގާސިމްގެ މިއޮތް ސިޔާސީ އަދާވާތް ތެރިކަން އެންމެ ގާތުން އެނގޭނެ އެކަކީ އިބޫއެވެ. ކިތަންމެ ހެވިފައި ތިއްބަސް ފަސް އެނބުރޭ އިރު ދެ މީހުން ދެ މީހުންނަށް ތިބޭނެ ގޮތް އިބޫ އަކަށް ނޯޅޭނެއެވެ.

އެމްޑީޕީ މީހުން ކޮޅެއް ގޮވައިގެން ގާސިމް ކައިރިއަށް އަންނި ހިނގައްެޖެ ނަމަ އިތުރުވާ އެކަކަށް ގާސިމާ ފެއަށް 3 މީހުން ދާނެއެވެ. އަންނި ކިތަންމެ ވަރަކަށް އުޅުނަސް ޕީޕީއެމްގެ އަރަކުން އެނަމެއް ނުދިރޭނެއެވެ. ގާސިމް ކައިރިން ދުރަށްދާ މީހުން ދާން އޮންނާނީ ދެ ތަނެކެވެ. އެހެންޏާ އެމްޑީޕީ ނޫނީ ޕީޕީއެމްއެވެ. އޭރުން އެވާގޮތަކީ އިންތިޚާބުގެ ނަތީޖާގައި އެއްވަނަ ނުވަތަ ދެވަނައިގާ އޮންނާނީ އެތަނުން އެއްޕާރޓީއެވެ. އާދައިގެ މަތިން ޖުމްހޫރީ އެވެއްޓުނީ 3 އަށެވެ.

ސަންސިޔާމަކީ ގާސިމަށްވުރެ ކޮޓަރި ގިނަ ފަތުރުވެރި މަހުޖަނެވެ. ރިސޯރޓް މަހުޖަނުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގޮސް ތިބޭ އިރު އެ ބޮޑު ގޮނޑީގައި އިންނަވާ ތަން އެމީހުން ދެކެން ބޭނުންވާނީ ގާސިމްތޯ ނުވަތަ އިބޫތޯ ހިތާ ހިތުން ސުވާލު ކޮށްލުން ރަނގަޅުވާނެއެވެ.  

އަންނިއާ ހުރެ ގާސިމްގެ ވޯޓު ތުނިކޮށްލުމަށް ފަހު، ލިބިއޮތް ހުރިހާ ފުރްޞަތެއްގެ ބޭނުން ހިފާ 50 އިންސައްތަ ވޯޓް ހުރަސްކޮށް އެއްބުރުން އިންތިޚާބް ނެގާނެ ފުރްޞަތު އިބޫއަށް އެންމެ ބޮޑު ގޮތަށް ކަންކަން ވަމުންދާތަން އެބަ ފެނެއެވެ.

އިބޫގެ ދެވަަނަ ދައުރުގައި ވެސް އަންނި އާއި ގާސިމަށް ބިރެއްނެތި ސިޔާސީ ކަންކަމުގައި އުޅެވޭނެކަން އެ ދެމީހުން ވެސް ގަބޫލު ކުރާނެއެވެ.

އެލަކުން މިލަކުން ގޮސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ރިޔާސީ ދެވަނަ ދައުރުގެ ތާރީޚީ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އެންމެ ކުރީސަފުގައި ރައީސް ނަޝީދާއި އޮނަރަބްލް ގާސިމް އިބްރާހިމް ފިސާރި ހައިބަ ބޮޑުކަންމަތީ ތިއްބަވާނެއެވެ.

ސަބަބަކީ ބަރުލަމާނީ ކޮއްތު ދަރާ ބޯފެން ލައިގެން އެ އޮޑި ރާއްޖޭގެ އަރިހުރަހަށް ދުއްވާނެ ނިޔާމަ ދަތުރު ރައީސް ނަޝީދަށް ވެސް ފަހިވީއެވެ.

އާދައިގެ ބަހުން މުޚާތަބް ކުރަމުން ދިޔަ މިލިއުން ނިންމާ މިލީ މާތް ބަހުން މުޚާތަބް ކުރަމުންނެވެ.