އަދުރޭއަށް: ޔާމީން ކަމެއް ނުކުރުމަކީ ޗާގޯސް ދޫކޮށްލުން
ދައުލަތް ދަވާލުމާ އުޅެން ހަދައިގެން ދުނިޔޭގައި ކަމެއް ހިނގާކަންވެސް ނޭނގުނު!
ޗާގޮސް ރާއްޖެއަށް ހޯއްދެވުމަށް ޔާމީން އެއްވެސް ކަމެއް ނުކުރެއްވުމަކީ ޗާގޯސް ދޫކޮށްލެއްވުމަށް ޔާމީނު ކުރެއްވި ކަމެކެވެ. ޗާގޯސް ހޯއްދެވުމަށް ރަސްމީކޮށް ނުވަތަ ނުރަސްމީ ސިޓީއެއްހާ ހިސާބުވެސް ޔާމީނު ރައީސް ކަމުގައި ރައްޖޭން ނުފޮނުއްވުމަކީ ޗާގޯސް ދޫކޮށްލައްވަން ޔާމިނު ކުރެއްވި ކަމެކެވެ.
އިޓްލޮސްގެ ނިންމުމާ ގުޅިގެން ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބުނީ ބޮޑުބައިތޯ ނުވަތަ ކުޑަބައިތޯ ބަލަން އަދުރޭމެން ބޭނުމެއް ނުވާނެއެވެ. މިސަރުކާރުން ހޯދި ކާމިޔަބަކަށް އެކަން ވީތީއެވެ. އިޓްލޮސްގެ ހުކުމުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހަށްދު ކަމަށް ކަނޑައެޅި ސަރަހައްދަކީ އެއިގެ ކުރީން ދުވަހަކު ވެސް ރާއްޖޭގެ ސަރަހައްދު ކަމަށް ކަނޑައަޅާފައި ނެތް ސަރަހައްދެއް ކަމަކު އަދުރޭމެނަށް މާކުރިން އެއީ ރާއްޖޭގެ މިލްކެއް ކަމަށް ބުނަން އެނގެއެވެ. މިލްކިއްޔާތުން އެހެން ބަޔަކަށް ޒައްރެއްގެ މިންވަރު ވެސް ލިބިގެން ނުވާނެތާއެވެ.
2017 ގައި ރާއްޖޭގެ ވެރިކަމުގައި ތިބީ ބަޅުރުކު ބައިގަޑެވެ. ވެރިކަމުގައި ތިބެ ދައުލަތް ދަވާލުމާ އުޅެން ހަދައިގެން ދުނިޔޭގައި ކަމެއް ހިނގާކަންވެސް އެނގުނީއެއް ނޫނެވެ. ފަސް އަހަރު ވެގެން ރާއްޖޭގެ ރައީސް ކަމުން ބޭލި އިރުވެސް އދގެ ޖަލްސާއަކަށް ޔާމީނަށް ދެވުނީއެއް ނޫނެވެ. އދގައި ކަމެއް ހިނގާކަންވެސް އެ ފަކީރު ނުދެނެ ހުރީ ތޯއްޗެކެވެ.
ޔާމީނުގެ ވެރިކަމުގައި ހުރިއިރު ހެސްކިޔާފައި މޮރިޝަސްއިން ޗާގޯސް ހޯދަން މަސައްކަތް ކުރިއިރު ޔާމީނު އޮތީ ގަދަ ނިދީގައެވެ. ެހެންވެ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިއްޖެނަމަ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ހިގައިދާނެކަން އެނގުނީއެއް ނޫނެވެ. ޑރ ވަހީދުގެ ބަގަވީ ސަރުކާރުން ކުޑަކޮމެޓީއެއް ހަދައިގެން އިގްތިސާދީ ސަރަހައްދާ ބެހޭ ގޮތުން މަސްވަރާ ތަކެއް ނަމަވެސް ކުރިއެވެ. އެ ވަރުވެސް ޔާމީނަކަށް ނުވިއެވެ. އަމްދުން މާދުރުގައި އޮތް މޮރިޝަސްއިން ޗާގޯސް ހޯދަން އެވަރުން އުލެމުން ދިޔައިރު އަޅާ ކަހާވެސް ނުލާ ޔާމީނު އިނީ ރުބެލްއާއެކު އޯބަތް މޮޑޭށެވެ. މޮރިޝަސްއިން ހުށަހަޅައިގެން އުޅުނު މައްސަލައިގެ ތެރެއަށް ކުޑަމިނުން ތަދައްހުލުވެސް ވެނުލާ ހަވާދު ގުދަނަށް ތަދައްހުލު ވެގެންނެވެ. ހަގީގަތުގައުވެސް އެއީ ގަސްތުގައި ވީ ބޮޑު އިހުމާލެކެވެ.
އަނެއްކޮޅުން 2019 ވަނައަހަރު މި ސަރުކާރުން ޗާގޯސް ގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނަން ނުޖެހޭނެ ކަމަށް ދެކި މޮރިޝަސްއާއި އެއްބައިނުވެ އދ ގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމުން ޕީޕީއެމުން ސަރުކާރާ ދެކޮޅަށް ބަޔާން ނެރެ މޮރިޝަސް ރައްޔިތުންގެ ކިބައިން ދިވެހި ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށް ގޮވާލީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރޮޝަސްއަށް އޮންނަން ޖެހޭނެ ކަމަށް ބުނެއެވެ. މިހާރު އެ ލަވަ ބަދަލުވީ ބަޅުރުކު ކާއްޓަކުން ބޮލުގައިޖެހި ސިނކުޑި ވާތަށް ފުރޮޅި ލޮލަށް ލޭ އަރައިގެން ތާއެވެ.