ރައީސް އިބޫ %77 ކުރީގައި

ރައީސް އިބޫ %77  ކުރީގައި

އެގްޒިޓް ޕޯލްގެ ނަތީޖާ 4:00 އާ ހަމައަށް ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބޫ ވަނީ %77 ގެ ކުރިއެރުން ހޯއްދަވާފައި ކަމަށް ޚަަބަރު ލިބެއެވެ. 

ރާއްޖޭގެ އުތުރާ ، މެދުރާއްޖެތެރެ އަދި އައްޑޫގައި އޮމާން ކަމާ އެކު ވޯޓް ކުރިއަށް ދަނީ ބޮޑު ތާއީދެއް ރައީސް އިބޫއަށް އޮވެގެން ކަމަށް ދައްކައެވެ. 

އަސުރުން ދަށްވި އިރުވެސް މާލޭގައި ވޯޓްލާން ނުކުންނަ އަދަދު އިންތިހާއަށް މަދު ވުމަކީ ރައީސް ނަޝީދުގެ މާޔޫސްކަން ބޮޑުވި ސަބަބެއް ކަމަށް ގަބޫލު ކުރެވެއެވެ. 

އޭގެ ފަހުން ބައެއް މަދު ވޯޓް ފޮށިތަކެއްގެ ކައިރީގައި އެކި ބާވަތުގެ ތުހުމަތު އުފައްދާ ހަމަ ނުޖެހުން ހިންގުމުގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަށް ޙަރަކާތްތެރިވާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެއީ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ކަންކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން މިއަދުގެ ވޯޓުލުން މުޅިރާއްޖޭގައި ކުރިއަށް ދަނީ އޮމާން ކަމާ އެކުކަން ފާހަގަ ކުރެވެއެވެ. 

ޚަބަރު ލިބޭ ގޮތުން މިރޭގެ ނަތީޖާ އެކު، މިޕްރައިމަރީގައި ރައީސް ނަޝީދު ފަޅިއަށް ވަޑައިގަތް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ފަދަ ބޭފުޅުން ކޮންސީޑް ކުރައްވާ 2023 ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެންޑޯޒް ކުރައްވާ ރައީސްއާއި އެކު ކުރިއަށް ދިއުމަށް ނިންމާނެއެވެ.