ވަށަފަރު ސިއްހީ މަރުކަޒަށް އައު އިމާރާތެއް

އައު އިމަރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ

ވަށަފަރު ސިއްހީ މަރުކަޒަށް އައު އިމާރާތެއް

ރަށްރަށުގައި ސިއްހީ ހިދުމަތުގެ ނިޒާމު ލުއިފަސޭހަ ކުރެއްވުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހއ. ވަށަފަރު ސިއްހީ މަރުކަޒަށް ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ މިހާރު އެވަނީ އިތުރު ކޮށްފައެވެ.

މީގެކުރީގައި ވަށަފަރުގައި ސިއްހީ މަރުކަޒުގެ އިދާރީ މަސައްކަތްތަކާއި، އެހެން ގިނަ ޚިދުމަތްތައްވެސް ދެމުން އައީ ބަލިމީހުން ބަލާ އިމާރާތުގައެވެ. އެހެން ނަމަވެސް ހއ. ވަށަފަރު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތަށް އިދާރީ މަސައްކަތްތައް ބަދަލުކޮށް، ކުރިން އޮތް ޖާގައިގެ މައްސަލަ ވަނީ ހައްލުކޮށް ދެއްވާފައެވެ.

ވަސަފަރު ސިއްހީ މަރުކަޒާށް އަލަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލު ކުރައްވައިގެންނެވެ.

ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އައު އިމާރާތް ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ. ރައީސުލްޖުމްހޫރިއްޔާ މިތަން ހުޅުއްވައިދެއްވައިފައި ވަނީ ހއ. އަތޮޅަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންނެވެ.