މެނޭޖަރުން ވާންޖެހޭނީ ނަމޫނާ ބަޔަކަށް: ސްޓެލްކޯ ޝަރީފް

ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ

މެނޭޖަރުން ވާންޖެހޭނީ ނަމޫނާ ބަޔަކަށް: ސްޓެލްކޯ ޝަރީފް

ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގައެވެ. 

އެމްޑީ ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ސްޓެލްކޯ މެނޭޖަރުން ލީޑު ކުރަންވަންޖެހޭނެއެވެ. އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހިއްސާއެއް މިފަދަ ޓްރެއިނިންގތައް ހިންގައިގެން ސްޓެލްކޯއަށް އެބަ އަދާ ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވާހެން އެންމެ ބޮޑު އެއް ރައުސުލްމާލަކީ ލިބިފައިވާ މީހުންކަމަށާއި މީހުން ބިނާކޮށްގެން މެނުވީ ކުރިއަށް ނުދާނެކަމަށް ޝަރީފް ވެސް ވިދާޅުވިއެވެ. 

ސްޓެލްކޯގެ ލީޑާރޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި މިފަދަ ޓެރެއިނިންގ ތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭ ދިނުން އެކަނި ނޫން ކަމަށާއި، އެ ރަށެއްގެ މާހައުލަކަށްފެތޭ ގޮތަށް ސިކުނޑިއާއި ލޯ ހުޅުވާލަދީ ކަންކަމަށް މަގުފަހިކޮށް ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށް ދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ހަމައެހެންމެ ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ކަމަށާއި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށެވެ.

•  މީގެ އިތުރުން، ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮއްނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ހިންގުމަށް ރާވަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި އަހަރުތެރޭގައި އެ ޓްރެއިނިންތައްވެސް ހިންގިގެން ދާނެ ކަމަށް.