އީދުކުޅިވަރުގައި ނެރޭ އެލްސޯފާއަކުން އީދުއުފާ ދީނުން ބޭރެއްނުވާނެ

އީދުކުޅިވަރުގައި ނެރޭ އެލްސޯފާއަކުން އީދުއުފާ ދީނުން ބޭރެއްނުވާނެ

އިސްލާމީ ރިވެތި އަހުލާގު ހިފަހައްޓަންވީ އީދުކުޅިވަރު ކުޅުމުގައި އެކަންޏެއް ނޫނެވެ. ހެޔޮފޯރުވާ ކަމޭހިތާ އިހުސާންތެރިވާންވީ އާއްމު ރައްޔިތު މީހާ އެކަންޏެއް ވެސް ނޫނެވެ. ވަކި ވާހަކައެއް ދައްކާ ކޫލިވަރުގެ ގޮތުގައި ވަކިކަމެއް ތަމްސީލް ކޮށްފާނެތީ ދީން ހަތިޔާރަކަށް ހަދައިގެން ވެރިންގެ ނުބައިނުލަފާ އަމަލުތައް ފޮރުވަން ކޮންމެހެން އުޅޭނެ ކަމެއްނެތެވެ.

ބާރު އޮތީތީ ބަދަލު ހިފުމާއި އަބުރުގެ ނަމުގައި މީހުންގެ ދުލާ ގަލަން ބަންދުކުރުމަކީ އިސްލާމީ ދީން އައްޑަނައަކަށް ހަދައިގެން އުޅޭ ވެރިންގެ ސިފައެކެވެ. ވެރިން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވަމުން އިސްރާފުކުރުމަކީ ވެރިންނަށް އިސްލާމް ދީން ހުއްދަކުރާ ކަމެއްް ނޫނެވެ. ގަންދީ ހުވާކޮށްގެން ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައި ގަތުމަކަށް އިސްލާމް ދީނަކު ނޯވެއެވެ. ސިއްރުންވިޔަސް ފާޅުގައިވިޔަސް ބަދުއަހުލާގީ އަމާލާއި ކައިވެނީގެ ބޭރުން ޖިންސީ އެދުންވެރިކަން ފުއްދުމަކަށް ވެރިންނަކަށްވެސް ހުއްދައެއް ނޫނެވެ.

ދެޖިންސް މަސްހުނިވެގެން އެލްސޯފާއާއި ރިޔާސީ މޭޒުކޮޅުމަތީގައި ސެކްސްކުރުމަކަށް ވެރިމީހާވިޔަސް ހުއްދައެއް ނޫނެވެ. އީދު އުފާ ފާޅުކުރުމުގައި ހާމަކޮށް އާއްމުތަންތާ ދެޖިންސު މަސްހުނިވެގެން އީދުކުޅިވަރު ކުޅުމަށްވުރެ ވެރިން ކަލްގިއުލަރހެދުން އިސްލާމްދީނާ މާދުރެވެ. 

ތެދެއް ހެދެން އޮޮތަސް ދޮގެއް ނޫނީ ނުހަދާ މީހަކު ވެރިކަމުގައި ހުއްޓަސް އޭނާގެ ހައްގުގައި އިސްލާމު ދީނުގައި ދޮގު ދޮގަށް ނުވެއެއް ނުދެއެވެ. އާއްމުކޮށް ދޮގު ހަދާ މީހަކު ކުރާ ފާހިޝް ކަންކަން ކިތަންކެ ވަރަކަށް ދޮގުކުރިޔަސް އެކަން މީހުން ގަބޫލެއް ނުކުރާނެއެވެ. އެވާހަކަ މީހުން ދައްކާނެއެވެ. އަބުރުގެ ދައު އަަޅައިގެން އެވާހަކަ ދައްކާ ސުވާލުކޮށް ހަދާ މީހުން ހިފާ ހައްޔަރުކޮށް ދުލާއަތް ބުރިކޮށް ދުއްރައިން ތެޅިޔަސް ކުރިކަމެއް ނުކުރާ ކަމަކަށް ނުވާނެއެވެ. 

އަބުރު ރައްކާތެރިކުރެވޭނީ އަބުރު ގެއްލޭކަންކަމުން ދުރުހެލިވެގެންނެވެ. އަބުރުގެ ދައު އަޅައިގެން މީހުން ހިފާ ހައްޔަރުކުރިޔަސް އަބުރު ރައްކާތެރިއެއް ނުކުރެވޭނެއެވެ. ފާސިގުންގެ ވާހަކަ ގަބޫލުނުކުރުމަށް އޮންނަ އޮތުމަކީ ހަބަރައިގެން އަންނަ މީހާއަށް އެކަނި ރައްދުވާ ކަމެއްްނޫނެވެ. ހުއްޓާނުލާ ދޮގުހަދާ ވެރިޔާވެސް އެ ހުކުމުގައި ޝާމިލުވެއެވެ.

މުންކަރާތްތަކާއި ފާފަތަކަށް އަރައިގަންނަ ވެރިންގެ އަމަލުތައް ހުއްޓުވުމުގެ ބާރު ނެތް އާއްމު ރައްޔިތުން އެކަންކަން މަނާ ކުރުވާނީ ބަހުންނެވެ. އީދުކުޅިވަރުގެ ގޮތުގައި ކުޅޭ ތަމްސީލްތަކުންނެވެ. އެފަދަ ނުރައްކާތެރި ވެރިންގެ ކިބައިން ސަލާމަތްވުމަށް ހިއްވަރު ހޯދާނީ މާލި ޕެރޭޑްތަކުންނެވެ. އީދުކުޅިވަރުގައި މަގަށް ނެރޭ އެލް ސޯފާއަކުން އީދުއުފާ ދީނުން ބޭރެއް ނުވާނެއެވެ.