ވޯލްޑްކަޕަށް ޕްރޮޖެކްޓަރެއް ދިއްކޮލޭވޭނެ ވަރުވެސް ސަރުކާރުގައި ނެތް؟
މުއިއްޒުގެ ސަރުކާރުން ފެންނަނީ ވަނދު ފިނި ތަރުހީބެއް
ކުރިމަތިވަމުން މިއޮވެ ބޯމަތިވީ ދުނިޔޭގެ ފުޓްބޯޅަ އީދެވެ. ވޯލްޑްކަޕުގައި ނުކުޅުނެއް ކަމަކު ރާއްޖެއަކީ ވޯލްޑްކަޕްގެ ފޯރި ވަރަށް ގަދައަށް ނަގާ ގައުމެކެވެ. ކްލަބް ޖަމްއިއްޔާތަކާއި ސިޔާސީ ޕާޓީތަކުން ވެސް އެއްވާނެއްގައި ގުޅިގެން ވޯލްޑްކަޕް ފޯރިނަގައެވެ.
މިހާތަނަށް ކުޅެވި ދިޔަ ގިނަ ވޯލްޑް ކަޕްތަކާއި ޔޫރޯ މުބާރާތްތަކުގައި ސަރުކާރު ހިންގާ ޕާޓީން މިރާއްޖޭގައި ޕްރޮޖެކްޓަރ ތަކާއި ސައުންޑް ސިސްޓަމްތައް ބަހާ އަތޮޅުތެރޭގައިވެސް ފުޓްބޯޅައިގެ ފޯރިނެގިއެވެ. ސަރުކާރުގެ ހުރިހާ ކުންފުންޏަކުންހެން ވޯލްޑްކަޕް ފޯރި ނެގުމުގައި އެމީހުންގެ ސީއެސްއާރުން ހިއްސާކުރެއެވެ.
މުއިއްޒުގެ ސަރުކާރުން ފެންނަނީ ހާދަ ވަނދު ފިނި ތަރުހީބެއްގެ އުސްއަލިތަކެކެވެ. ކުޅިވަރު މޫސުމް ތަކަކީ މުޖުތަމައު އެއްބައި ކުރުވާ ކަމެކެވެ. މިފަދަ ބައެއް ކަހަލަ އާދަކާދަ ތަކަށް ފަރުވާ ކުޑަކޮށް އަޅާނުލުމުން ދޭހަކޮށްދެނީ ވެރިން ރައްޔިތުންނާއި އަޅާލާން ބޭނުން ނުވާކަމެވެ.
ރަށަކަށް ޕްރޮޖެކްޓަކާއި ސައުންޑް ސިސްޓަމެއް ދެވޭނެހާ ވެސް ގައުމުގެ ހާލަތު ނެތީތާއެވެ. ކޮރަޕްޝަނަށާއި ސިޔާސީ ބޭނުމުގައި ދައުލަތުގެ ހުރިހާ ކުންފުނިތަކުގެ ދިޔަފެލައިލާފާ ވާތީ އިޖުތިމާއީ ކަމަކަށް ހޭދަކޮށްލާނެ ފައިސާ ފޮއްޗެއްވެސް ނެތުނީތާއެވެ.
ކޮންމެ ކަމެއް އިޒުރޭލު ހަނގުރާމައާ އަޅުވައިގެން ރައްޔިތުންގެ އުފަލަށްޓަކާ ކުރަންޖެހޭ ކަންކަން ނުކޮށް ވެރިންގެ ވެރިކަމުގެ ބާރު ގަދަކުރަން ފައިސާ ހުންނަ ހުރުން ބަލައެއް ނުގަނެވެއެވެ. އިޒްރޭލު ހަނގުރާމައިގެ ސަބަބުން ގައުމަށް ގެއްލުމާ ހަލާކު ޖެހޭކަމެއް ނޭނގޭތާއެވެ. މުއިއްޒު ސަރުކާރު އެންމެ އެކުވެރި ގައުމުތަކަކީ އިޒުރޭލަށް އެންމެ ވާގިދޭ ގައުމުތަކެވެ.
ބޮޑެތި ސޯފާ ތަކުގައި ދެމޭދެމުން ހުއްދަވެފައި ބޮޑެތި އިސްކްރީންތަކުގައި ވޯލްކަޕް މެޗްތައް އަޅުވައިގެން ގިނަ ބަޔަކު އެއްތަން ވެގެން ފުޓްބޯޅަ ބެލުމަކީ މުއިއްޒުގެ ސަލަފީން މަނާކުރާކަމަކީ ބާއެވެ. މުއިއްޒުގެ ދީންވެރި ސަރުކާރުން ދީނީ ވަންތަކަންވެސް އޮންނަނީ މާވަޑިޔާ އާއި ވަކަރުގަނޑާ އެއްގޮތަކަށްތާއެވެ.


