ގޯތި ދިނީ ކަނޑުން ނޫންކަން ގޯތި ލިބުނު މީހުނަށް އެނގޭ
ގޯތިދެއްވީ މާލެ ސަރަހައްދުގެ ބިންތައް ހިއްކައިގެން ސަރުކާރުތަކުން ކުރަމުން އައި ވިޔާފާރި ހުއްޓުވަން
ދޮގުމައްޗަށް ދޮގު ހަދައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ޅޮސްއުނދޯއްޔަށް ލައިގެން އިތުރަށް ހޯދޭނެ ވޯޓެއް މުއިއްޒަކަށް ދެންނެތެވެ. ޕީޕީއެމް ތޮލާލުމެން އަދިވެސް ތިޔަ އުޅެނީ ކިހާ ދޮގެއް ހަދާނަމޭ ހިތާހެއްޔެވެ. ހީނުކޮށް ތިއްބާ ލައްކައެއްހާ ވޯޓު ލިބުނީމާ ތިޔަތިބީ ވަރަށް ބޮޑަށް އޮޅެފައެވެ. ތޮލާލޫއެވެ. މި ސަރުކާރުން މާލޭ މީހުނަށް ގޯތި ދިނީ ކަނޑު އަޑީގައި ރޯނު ދަމައިގެނެއް ނޫނެވެ. ލޮލަށް ގޮވާކަށް ނެތީމެވެ. މާލޭން ގޯތި ލިބުނު މީހުނަށް ލިބުނީ ކަނޑުއަޑިން ނޫންކަން ގޯތި ލިބުނު މީހުނަށް އެނގެއެވެ.
ރައީސް ސޯލިހަށް މާލޭ މީހުން ވޯޓު ނުދީގެން މީހަކު ނޫޅެއެވެ. މާލޭ މީހުނަށް ރައީސް ސޯލިހު ގޯތިދެއްވީ މާލެ ސަރަހައްދުގެ ބިންތައް ހިއްކައިގެން ސަރުކާރުތަކުން ކުރަމުން އައި ވިޔާފާރި ހުއްޓުވާ ބޯހިޔާވަހިކަން ނެތިފައި ތިބި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވާ ދެއްވާށެވެ. ޑރ. މުއިއްޒު މާލޭގެ މަގުމަތީގައި އޮތިއްޔާ އޮތް ތަނެއް ޕަކިންގ ސްލޮޓްގެ ގޮތުގައި އެޑްވާންސްކޮށް ބޮޑު އަގު ނަގައިގެން ވިއްކާ ޖީބު ފުރާލިޔަސް ރައީސް ސޯލިހު ސަރުކާރުން ބޮޑު ހޭދަކުރައްވައިގެން ހިއްކެވުމަށްފަހު މާލޭ މީހާއަށް ބިން އެދެއްވީ ހިލެއެވެ.
ބަނީ އިސްރާއީލު ބާގާ މީހުނަށްވުރެ ތޮލާލުމެންގެ ކަންތައް ބޮޑެވެ. މާލޭ މީހުނަށް ގޯތި ދިނީމާ ތޮލާލުމެންނަށް ގޯތި ފެންނަނީ ކަނޑު އަޑިންނެވެ. ބިން ހިއްކާފަ ދެއްކީމާ މިކިޔަނީ އިމަރާތް ކުރެވޭނެ ގޮތެއް ހަދާ ނުދޭވާހަކައެވެ. ރަށްރަށުގައި ފެނާ ނަރުދަމާ އަޅަން ނުފަށާއިރު ބުނަނީ ނަރުދަމައާއި ފެނާ ނެތްވާހަކައެވެ. ނަރުދަމާއާއި ފެނުގެ މަސައްކަތް ހިނގަ ހިނގާ ހުއްޓާ ރަށްރަށަށް އަރާފައި މުއިއްޒު މިބުނަނީ މަގުތައްކޮނެ ފަސްބާޑި ޖަހަފައި އޮތް ވާހަކައެވެ. ނުބައި ނުލަފާކަން ހުރި ވަރު ނިކަން ދެކޭށެވެ. ދަރިފުޅު ބަނޑުގާ ގަރުބަ ގަންނަ ވަގުތު ވިހާ ބޮޑުވެ ލާފުރާ ފުރިހަމަ ވޭހެއްޔެވެ.
ވެރިކަމުގެ ދަހިވެތި ކަމުގައި ލަދެއް ހަޔާތެއް ނެތެވެ. ބޮޑާ ކަމާ ކިބުރުވެރިކަން ތިޔަ ހުރީ އިންތިހާގައެވެ. އަދިވެރިކަން ލިބުނީ އެއްވެސް ނޫނެވެ. މިހާ އަވަހަށް ގަދަބަސް ބުނަން ފެށީއެވެ. ރައީސް ސޯލިހަށް މާލޭ މީހުން ވޯޓު ނުދީގެން ފްރަސްޓްރޭޓް ވެގެން އުޅުއްވާ ވަރަށް ވުރެ ރައީސްއަކީ ކެތްތެރި ހިތްތިރި ބޭފުޅެކެވެ. ރައީސް ސޯލިހަށް މާލޭ. މީހުން ވޯޓު ދިނެވެ. ރައީސް ސޯލިހު މަލޭ މީހުނަށްޓަކާ ފަހުރުވެރިވެ ވަޑައިގެން ޝުކުރުވެރިވެ ވަޑައިގަންނަވައެވެ.
ރައީސް ސޯލިހަކީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. 2023 ނޮވެންބަރ 17 އަށް ރައީސް ކަމުގައި ހުންނަވާނީ އެމަނިކުފާނެވެ. ޑރ. މުއިއްޒަށް ރައީސް ކަން އައުވެގެން އުޅުނަސް ރައީސް ސޯލިހަށް ރައީސް ކަމަކީ އައުކަމެއް ނޫނެވެ. އެމަނިކުފާނު ދެވަނަ ދައުރަށް ނިކުންނެވީ ރައްޔިތުންނަށްޓަކާ ފައްޓަވާފައިވަ ކަންކަން ނިންމާ ފުރިހަމަކޮށް ދެއްވާށެވެ. އެކަންކަން ހުއްޓި ލަސްވެ ފަސްވާން ބޭނުން ނުވާނަމަ އެފުރުސަތު ރައްޔިތުން ރައީސަށް ދެއްވާނެއެވެ.