ސިޔާސީން އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތުން

ސިޔާސީން އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތުން

ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް ކަމަށާއި ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ސިޔާސީ މީހުން އަބުރު ރައްކާތެރި ކުރާނީ ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވެއެވެ.

އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނަން ކަމަށެވެ. 

މީގެ ކުރިން ވެސް ވެރިޔަކު ތިޔަ މަސައްކަތް ކުރެއްވިކަމަށް މުއިއްޒު އުތީމުގައި ދެއްކިވާހައަށް ރައްދުދެއްވާ ފައްޔާޒު ވިދާޅުވިއެވެ. އޭރު އެގޮތަށް ކުރި މަސައްކަތް ކާމިޔާބު ނުވިކަމާއި އިރާދުކުރެވިއްޔާ މިފަހަރު މުއިއްޒުކުރާ މަސައްކަތް ވެސް ކާމިޔާބު ނުވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.