ހީރަސް ރެސެޕީ: ފޮނި ބިސްކޯދު

ހީރަސް ރެސެޕީ: ފޮނި ބިސްކޯދު

ހީރަސް ރެސެޕީ މިއަދު މި ހާއްސަކޮށްލަނީ ފޮނި ބިސްކޯދަށްށެވެ.ފޮނި ބިސްކޯދަކީ ކުޑަ ވަގުތު ކޮޅަކުން ، މަދު ބާވަތްތަކަކުން ހަދާލެވޭ އަނގަޔަށް މީރު ކާނާއެކެވެ.މިއީ އާއިލީ އެއްވުންތަކާއި ހަފްލާތަކުގައި ތައްޔާރުކޮށްލަން ވަރަށް ކަމުދާނެ ކާނާއެކެވެ.

ފޮނި ބިސްކޯދު ހަދަން ބޭނުންވާނެ ތަކެތި:

  • 1 ޕެކެޓް ކުރީމް ކްރެކާޒް ބިސްކޯދު
  • 1/2 ގެރި ކިރު
  • 1 ކާށި ހުނި
  • 6 ވައް ދޮންކެޔޮ
  • 1/2 ވެނީލާ އެސެންސް
  • 1/2 ޖޯޑު ފެންޓާ ސްޓުރޯބެރީ

ތައްޔާރު ކުރާނެ ގޮތް:

  1. ހެޔޮވަރުގެ ތައްޓަކަށް ދޮންކެޔޮ ނޮޅާލާފައި ، ދޮންކެޔޮތައް ރަނގަޅަށް މޮޑެލާ
  2. އެއަށްފަހު ހުންޏާއި ގެރި ކިރު ، ދޮންކެޔޮތަކު ތެރެއަށް އަޅާ މޮޑެލާ
  3. ބިސްކޯދުތައް ފުނޑުކޮށްލާފައި މޮޑުނު ދޮންކެޔޮގަނޑު ތެރެއަށް އަޅާލާފައި ހިމުންވާ ވަރަށް މޮޑެލާ
  4. އެންމެ ފަހުން ފެންޓާ ޖޯޑު، ބިސްކޯދުތައް ތެރެއަށްއަޅާ އެއްކޮށްލާ