މުއިއްޒުގެ ޑެސްޕަރޭޓްނަސް ޓް ދަ މެކްސް

މުއިއްޒުގެ ޑެސްޕަރޭޓްނަސް ޓް ދަ މެކްސް

އާދޭހެވެ. މީހަކު ޑެސްޕަރޭޓް ވާނީ ތިހާކަށް ވަރަށެވެ. ރައީސް މުއިއްޒް ޑެސްޕަރޭޓްވުން ހަގީގަތުގައިވެސް ތިޔަހުރީ މެކުހުގައެވެ. ތިޔަހާ ވަރުން ދަންޏާ ކަމުންރެކެން އަމިއްލައަށް ބޮލާފޮށާ އަޅައިގެން މަގަށް ނިކުންނަ ހިސާބަށް ދާކަށް ލަހެއް ނުވާނެއެވެ. 

މާތްކަލާކޯއެވެ. ނޫސްވެރިން ކުރިމައްޗަށް ނިކުމެ ހުރެ ތިޔަ ދެއްކެނީ ތިމާ ޑެސްޕަރޭޓްވެފައި ހުރިވަރެވެ. ދިހަބާރަ މިނިޓް ކީއްކުރަން ހެއްޔެވެ. ގަޑިދެގަޑިރުވެސް މޫނަށް ރުލެއްވެސް އަރުވާނުލާ ހުރެ ދޮގުމައްޗަށް ދޮގުހަދަނީ ކާކުކަން އެންމެ ތުއްތު ކުއްޖާއަށްވެސް އެނގެއެވެ. 

ވަކަރުކޭ ކުއްޖެކޭ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއޔާއެކޭ އެއްވެސް ތަފާތެއް ނެތެވެ. ދައުލަތުގެ އެންނެ އިސްވެރިޔާގެ ބަސްމަގު ހުންނަގޮތުން ދިވެއްސަކަށްވީތީ ލަދުގަނެއެވެ. އެއްކޮޅަސް ދެކޮޅަސް ކޮންމެ ރައްޔިތަކީ ރައީސްގެ ކުރިމަތީގައި އިހުތިރާމް ލިބިގެންވާ މީހެއް ކަމުގެ އިހުސާސް ވާހެނެއް ހިޔެއް ނުވެއެވެ. އަމިއްލަ ރައްޔިތުންނަށް ނިސްބަތްކޮށް ރަތްމަހަށް ނުގޮވާ އެއްޗެހި މުއިއްޒު އެބަގޮވައެވެ. 

އަޖައިބެއް ނުވާނެހެއްޔެވެ. ތަނެއްގައި މުއިއްޒަކު ހުރެގެން އެ މީހަކާ އަޅައިގަނެގެން މީހަކު ނޫޅެއެވެ. ފާރަވެރިވެ ފާޑުކިޔާ ތުހުމަތުތައް ކުރަނީ އަނބި ދަރިންނަށް ދާންދެން ރައްޔިތުންގެ މާލިއްޔަތުން ބޮޑު މުސާރައާއި އިނާޔަތާއި ގެދޮރާއި ރައްކާތެރިކަން ދީފައި ހުންނަ ރައްޔިތުން ވޯޓުދީގެން ހޮވާފައި ހުންނަ ވެރިމީހާއަށެވެ. ރައްޔިތުންގެ ބަތާ ކައިގެން ހުންނަ މީހާގެ ޒާތީ ދިރިއުޅުމަކީވެސް ރައްޔިތުން ފާރަވެރިވާނެކަމެއްކަން ނޭގުމަކީ ކުފޫ ހަމަ ނޫންކަމެވެ. 

މަތިމައްޗަށް ދޮގުހެދުމުގެ ރެކޯޑް އޮތް މުއިއްޒު އެހެން މީހުން ދޮގު ހަދަނީކަމަށް ބުނެ ކަމުން ރެކެން އުޅުނަސް އެކަމެއް ނުވާނެއެވެ. މުއިއްޒު ދޮގެކޭ ބުނާ ކޮންމެ ކަމަކީ ތެދަކަށް ނުވާނެއެވެ. ކަށިނެތް ދުލެއް އޮތީމާ އަނގަތެރޭގައި ތެޅުވިދާނެއެވެ. ރައްޔިތުންގެ ކުރިމަތީގައި ފާޅުކަން ބޮޑު އެތައް ސަތޭކަ ދޮގެއް މުއިއްޒުވަނީ ހަދާފައެވެ. މިއުޅެނިއްޔަކީ އެ ދޮގުތަކުގެ ލިސްޓް ލިޔާކަށް ނޫނެވެ. މުއިއްޒާއެކު މީހަކު ވަކިތަނެއްގައި ވަކިކަމެއް ކުރިވާހަކަ ބުނުމުން އެކަމެއް މުއިއްޒު ދޮގުކުރުމުން ހަގީގަތް ބަދަލެއް ނުވާނެއެވެ.

މިސާލަކަށް އީޝާ މުއިއްޒާއެކު ކުރީމޭ ބުނިކަމެއް މުއިއްޒު ނުކުރަމޭ ބުނުމުން އޭގެން ތެދުހަދަނީ ކާކުކަމެއް ނޭގެއެވެ. އީޝާގެ ވާހަކަ ދޮގުކޮށް މުއިއްޒުގެ ވާހަކަ ތެދުކަމަށް ގަބޫލު ކުރެވޭނީ ދުވަހަކުވެސް ދޮގެއް ހެދިކަން ނުވެ އޮތް ނަމަތާއެވެ. މުއިއްޒަކީ ދޮގުމައްޗަށް ދޮގުހަދާކަމަށް މަޝްހޫރުވެފައިވާ ވެރިއެކެވެ. ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ އެހެން މީހުން ބުހުތާން ދޮގުހަދާކަމަށް ބުނެ އަނގަހުޅުވަން މުއިއްޒު ލަދުނުގަންނަ ކަމެވެ. 

އުޅެވުނު ގޮތަކުން ބޮލަށް ބިންދާލި ރާޅެއްގެ ބޮޑުކަމުން ސަލާމަތްވާން އުޅުނުއުޅުނުހެން ތިޔަހެރެވެނީ ގަނބެވެ. ޑިސްޕަރޭޓްވެ ވާނުވާ ނޭގޭ ހިސާބަށް ތިޔަ ހުރެގެން ދަނީއެވެ. ވެރިކަމަކީ މުއިއްޒުފަދަ ދެސްޕަރޭޓްވާ މިހަކާ އެކަށޭނަކަމެއް ނޫނެވެ، އަވަހަށް ފައިބާށެވެ.