އީއީޒެޑް އިން ފުށުއަރާ މައްސަލަ ރާއްޖެ ކާމިޔާބު ކުރުން

ބްލެންހެމް ރީފަކީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން

އީއީޒެޑް އިން ފުށުއަރާ މައްސަލަ ރާއްޖެ ކާމިޔާބު ކުރުން

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި އެވެ. އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ.

މިގޮތް ތަންފީޒު ކުރުމުގައި ހިޔާލު ތަފާތުވީ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން ބުނާތީ އެވެ. ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އެކަން ސާބިތުކުރުމަށް ރާއްޖޭން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ހުށަހަޅައިފަ އެވެ.

ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ކަނޑައެޅީއެވެ.