މޮޅުއޮތީ އެންމެން ގުޅިގެން އެކުގައި ތިބެގެން

މޮޅުއޮތީ އެންމެން ގުޅިގެން އެކުގައި  ތިބެގެން

ގަބޫލުކުރަންޖެހޭ ހަގިގަތަކީ ރައްޔިތުންނަށް ލިބުނު މޮޅެއްލިބުނީ ރަންރީނދޫ ތިލަފަތުގެ ވެރިކަމުގައި އޮވެގެންނެވެ. އަބަދުވެސް "ތިލަފަތް" އޮންނަނީ ރައްޔިތުންގެ ފަޅީގައެވެ.

ރަންރީނދޫކުލަ އަކީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިޔާސީ ޕާޓީގެ ކުލައެވެ. ގައުމުގެ ރައީސްކަން ކުރެއްވި ދެ ރައީސުން ނިސްބަތްވާ ޕާޓީއެވެ. ދެފަހަރު ގައުމުގެ ވެެރިކަންކޮށް ރައްޔިތުންގެ ސިޔާސީ އިތުބާރުދަމަހައްޓާފައިވާ ޕާޓިއެވެ.

ރާއްޖޭގައި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް އިސްލާހީ ހަރަކާތް ކަށިންހިއްވަރު ނެރުނީ އެޕާޓީންނެވެ. ޖެހިލުންކުޑަ ޖަލުގެތަކުގެ ތޭރިތަކުގެ ހިތްދަތި އަނިޔާ ތަހައްމަލުކުރި، ހިތްވަރުގަދަ ފަހުލަވާނުންގެ ޕާޓީއެވެ.  ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމާއި ދެމެހެއްޓުމަށް އެންމެ ގިނަ ސިޔާސީ ފަރުދުން އުފަންކުރި ޕާޓީއެވެ.

ކޮންމެ ފަންތިޔަކަށް ގިންތިޔަކަށް ފުރުޞަތު އޮތް ސިޔާސީ ކުރިމަގު ފަހިކޮށް، ޒުވާނުން ސިޔާސީ މައިދާނުގެ ކުރީސަފަށް ނިކުތުމަށް ފުރުޞަތު ފަހިކޮށްދޭ ޕާޓީއެވެ. ޕާޓީގެ މެންބަރުންގެ ހައްގުތަކަށް އިހުތިރާމްކުރާ ހިޔާލުފާޅުކުރުމަށް ޖާހައޮތް ހަމަ އެކަނި ސިޔާސީ ޕާޓީއެވެ. ޕާޓިގެ ވެެރިންގެ ފޮޓޯބަދަލުވިޔަސް ޕާޓީގެ ރޫހުދަމަހައްޓާ މެމްބަރުން ގިނަޕާޓީއެކެވެ.

ކާމިޔާބީއަށް ގުޅިގެން މަސައްކަތްކުރާ ގޮންޖެހުންތަކާއި ކުރިމަތިލާ ހިތްވަރުކުރާ ރާއްޖޭގެ ސިޔާސީ މިސްރާބުދަންނަ ޕާޓީއެކެވެ. ޕާޓީގެ ރޫހުގައި މަސައްކަތްކުރާ ނާކާމިޔާބީގައި ހިތްވަރުކުރާ ދެރަގަބޫލުކުރަންވެސް ދަންނަ ބިޔަ ލަސްކަރެކެވެ. ޕާޓީގެ ރޫހަކީ ރައްޔިތުންގެ ފުދުންތެރިކަމާއި ރައްޔިތުންގެ ލާނބަޔާ މަންފާއަށް ހެޔޮވެރިކަމެއް ކޮށްދިނުމެވެ. ހެޔޮވެރިކަމެއް ކުރުވުމެވެ.

އެންމެންއެކީ ތިލަފަތުގައި ހިފާށެވެ. ރައްޔިތުންގެ ބާރުދެމެހެއްޓުމަށް "ތިލަފަތް" އިހުތިޔާރު ކުރެއްވުމުގެ ވިސްނުމެއް އެބަބޭނުންވެއެވެ. ގައުމާމެދު ބަސްބުނަށްވީ ސިޔާސީ ޕާޓިގެ ވިސްނުމާއި ރައްޔިތުންގެ ބައިވެރިވުމާއި އެކު މިނިވަން ގައުމީ ފިކުރު އެއްވެގެންނެވެ.

ގައުމުގެ ތަރައްގީގައި ކޮންމެ ރައްޔިތެއްގެ ހިއްސާއެބައޮތެވެ. ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ. މިއީ ފިތުނު ފަތުރަންވީ ވަގުތެއްނޫނެވެ. ސަފުތައް 2028 އަށް ރުކުރުވާލަންވީ ވަގުތެވެ. ކަންމަތީ ޖަލްސާތައްއިތުރުކޮށް ރައްޔިތުންގެ އިތުބާރުދަމަހައްޓަންވީ ވަގުތެވެ. މޮޅުއޮތީ އެންމެން އެކުގައި ގުޅިގެން ތިބެގެންނެވެ.ދަތުރުގެ ދުރުމިނަށް ނުވިސްނާށެވެ. ދަތުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާށެވެ.8!