ހީރަސް ރެސިޕީ: ލޮނުމިރުހު ފަޅޯރިހަ

- ރެސިޕީގައި ވާމިންވަރުން 4 މީހަކަށް ލޮނުމިރުހު ފަޅޯރިހައިން ފުދޭނެއެވެ.
- ބޭނުންވާ ތަކެތި
- ތައްޔާރު ކުރާނެ ގޮތް
ފިޔަވަޅު 1
- ފަޅޯ ރިހަޔަށް ހެޔޮވަރަށް ކޮށާލާށެވެ
- ކޮށާލި ފަޅޯކޮޅު ލޮނުކޮޅެއްލައިގެން ޗަސްނުވާ ވަރަށް ފެނުގާ ކައްކާ މަޑުކޮށްލާށެވެ.
- ފިޔާތައް އާދައިގެ ވަރަކަށް ތުނިކޮށް ކޮށާލާށެވެ.
- ލޮނުމެދުކޮޅު އޮލަކޮށް ގާނާލާށެވެ.
- ރާނބާފަތްތައް 1/2 އިން ބުރިބުރިކޮށްލާށެވެ
- ވަޅޯ މަސްކޮޅު ދޮޅުޖޯޑް ހުންނަ ވަރަށް ކޮށާލާށެވެ.
ފިޔަވަޅު 2
- ތަވާ އުނދުން މައްޗަށް އުދާލާފައި ހޫނުވީމާ ކުޑަތެޔޮ ފޮދެއް އަޅާލާށެވެ.
- ތެޔޮ ފޮދު ހޫނުވުމުން ފިޔާ، ހިކަނދިފަތް، ރީނދޫ ،ލޮނު، ރާނބާފަތް މިރުސް އެއްކޮށް އަޅާލާށެވެ.
- މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
- އެބައި ހަނާވީމާ ލޮނުމެދު އަސޭމިރުސް ފޮނތޮށި ކާފޫރުތޮޅި އެއްކޮށް ލާށެވެ.
- މަސްކޮޅު ވެސް އަޅާލާށެވެ.
- ރަނގަޅަށް އެއްވީމާ ހަވާދު އަދި ލޮނުމިރުސްކިރުގައި ގިރާފައި އަޅާލާށެވެ.
- ފަޅޯކޮޅު ވެސް އަޅާލާށެވެ.
- ދެން ބާކީހުރި ހުރިހާ ބާވަތް އެއްކޮށް އަޅާފައި ކައްކާށެވެ.