ސޯލްސްބަރީގައި ކައްޗާ ދުއްވަންދާން މާ ގިނަ ދުވަހެއް ނެތް
ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި އިނުމަކީ އަސަރުފަށެއް ކުރާނެ ކަމެއް
ފިކުރެއްގެ ދިރުމުންނާއި ޖުމްހޫރީންނާއި ޕީޕީއެމުން އެންމެ ބޭނުންވާނެ އެއްކަމަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހަށް އޮތް ބޮޑު ތާއީދު ގެއްލުވާލުމެވެ. މަޖިލީހުގައި ސަރުކާރުގެ ވާގި ނައްތާލުމެވެ.
ދެއިރު ދެދަޅައަށް ވަޒީރުން ހާޒިރު ކޮށްގެން ސަރުކާރު ފަލީހަތްކުރަން ކުރަން އުޅޭ މަސައްކަތް ފޭލިވަމުން ސަރުކާރު ބާރުވެރި ވަމުން ދާތަން ދެކެން އެންމެ އުދަނގޫ ވާނީ ރައީސް ނަޝީދަށެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި އިނުމަކީ އަސަރުފަށެއް ކުރާނެ ކަމެއްތާއެވެ.
މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް ހުށަހެޅުމަށްފަހު ވަޒީރު ހާޒިރުވެވަޑައިގެން ސުވާލަށް ޖަވާބު ދެއްވަން ތާވަލު ކުރެވިފައިވަނިކޮށް މެންބަރުން ސުވާލު އަނބުރާ ގެންދާތީ ނަޝީދު ކަންބޮޑު ވާނެއެވެ. ޖައްސަން އުޅޭ ހީލަތުގެ މަޅީގައި ވަޒީރުންނާއި ސަރުކާރު ނުޖެއްސޭތީއެވެ.