ސަރުކާރުގެ ކާމިޔާބީގެ އަޑު ފޯރުވުން ނުހުއްޓުވޭނެ!
މަޖިލީހުގެ ނިޒާމު ގެއްލުވާލީމާ ސަކަރާތް ޖަހާކަށް ސިޔާމަކަށް ޕީޕީއެމަކަށް ޖާގައެއްް ނުދޭނެ
މަސްހޫރުކަން ހޯދަން ޗަފާޑަށް މަޖިލީހުގެ ތަޅުން މައްޗަށް ވެއްޓިގަތަކަސް ތިޔަ ޗަރުކޭސް ބަލާ މީހަކު ނޫޅެއެވެ. ނައިފަރު ސިޔާމާއި ތުރާކުނު ސައީދުމެން ވެއްޓި ފުރޮޅި ގަންނާނެއްބާ ގޮވިޔަސް ކަހާތަން ހިރުވަލާ މީހަކު ނޫޅެއެވެ. ހިންނަވަރު ސާލިހުގެ އިބްރާހީމު ރާއްޖޭގެ ވެރިކަން ކުރާތީ ނައިފަރު ސިޔާމަށް ވެސް އެކަން ވެދާނެއޭ ހީވަނީ ހެއްޔެވެ. އިބޫ ވެރިކަން ހޯދީ ތިޔަ ފާޑަށް ވެއްޓި ފުރޮޅި ގައިވީދައިގެނެއް ނޫނެވެ.
އަމްދުން ސިޔާމް ތިޔައުޅޭ ފާޑުން މުޅި ފާދިއްޕޮޅާއި ނައިފަރަށް ވެސް ހުތުރެވެ. ހިންނަ ވަރަށް އުފަން ދަރިއަކު ރާއްޖޭގެ ތަހުތުގައި އިންނާތީ ސިޔާމަށް ތިޔަ ކުރަނީ ހާދަ އަސަރެކެވެ. ތިޔައިއްޔަކީ ނައިފަރު އެެހެން މީހަކުވެސް އުޅޭނެ ފާޑެއް ނޫނެވެ.
ނޭނގެންޏާ ބަލާ ހޯދާ ދަސްކޮށް ހަނދާން އައު ކުރާށެވެ. ހަގީގަތް ގަބޫލުކުރާށެވެ. އަންނި ނެތް ހާލަތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ލިބުނެކޭ ކިޔާ ޔާމީނު ނެތް ތާކު ސިޔާމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭކަށް ޕީޕީއެމަކުން ނޫޅެއެވެ. ނެގިނެގިފައި ޖެހުނު ވަރަކަށް ތިޔަ ހުރެ ފައިބަނީ ހުޅުނބެވެ.
ބޮޑެތި ވާހަކަ ލިޔެފައި ޓްވީޓް ކުރިޔަކަސް މަޖިލީހުގެ ނިޒާމު ގެއްލުވާލީމާ ސަކަރާތް ޖަހާކަށް ސިޔާމަކަށް ޕީޕީއެމަކަށް ޖާގައެއްް ނުދޭނެއެވެ. މަޖިލީހުގައި ހައެއްކަ ކެނަ އިދިކޮޅޭ ކިޔައިގެން އަރުވާ ފޮނަކީ ހުސް ސައިބޯނި ބަޑިއެވެ. ސްޕަރމެޖޯރިތީ އެތިބީ ފިސާރި ފުދިގެން ތިޔަ ކަހަރުވަކުން ގޭނޭ ގޭނުން ބަލާފާ ހޭށެވެ. ނިޒާމް ގެއްލުވާލައިގެން ޕްރެޝަރެއް އުފައްދާ ލެވޭވަރުގެ ހަކަތައެއް ތިޔަ ބައިގަނޑަކު ނެތެވެ.
އާނއެކެވެ. ޑިމޮކްރަސީގެ ހަމަތަކާއެއް ގޮތަށް ގާނޫނީ އިމުގެ ތެރެއިން ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ރައީސް ސާލިހު މިއަދު އިއްވާ ދެއްވައިފިއެވެ. ސަރުކާރުގެ ކާމިޔާބީތަކުގެ އަޑު ރައްޔިތުންނާ ހަމަޔަށް ފޯރިޔަ ނުދޭން ނައިފަރޭމެން ހޮބޯލަވަން ތިޔަކުރާ ކަމަކުން މިސަރުކާރަށް އަރުވާލެވޭނެ ލޮޅުމެއް ނެތެވެ. ހަށިވިއްކާ ރަންޑީންވެސް އަރިއަރިޔަށް ތިބެ ތިޔަފާޑުގެ ފޮޓޯއާއި ވީޑިއޯ ކުރެއެވެ. އެއަށް ރިއެކްޓް ކުރާނީ ހަތާ ގެއްލިފައި ތިބޭ ވައިކުޅަދުރެވެ.