ބޭނުންހާ ކަމެއް މުއިއްޒު ކުރާކަށް ހުރަހެއްނެތް
ގައުމިއްޔަތާ ސިޔާދަތު ނަގަހައްޓާތަން ދެކޭށެވެ.
ދައުލަތުގެ ހަރަދުކުޑަކޮށް އިސްރާފު ކުރުމެއްނެތް އުފެއްދުންތެރި ދައުލަތަކަށް ބަދަލު ކޮށްލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ސަރުކާރަށް ހުރަހެއް ނެތެވެ. ނަތީޖާ ނެރެދޭ ވެރިކަމަކަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްނިންމޭނެއެވެ. މިހާރު މުއިއްޒުއަށް ލިބިފައިވާ ބާރުތަކުން އަންނަނިވި ކަންކަން ނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ.
- ސިޔާސީ މަގާމުތައް މަދުކުރެވޭނެއެވެ.
- ސިވިލްސަރވިސްގެ މުސާރަ ބޮޑުކޮށް ހަމަހަމަ ކުރެވޭނެއެވެ.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރުވުން ހުއްޓުވޭނެއެވެ.
- މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވޭނެއެވެ.
- ދާއިރާގެ ރައްޔިތުންނަށް މެންބަރު ވަކިކުރޭވެނެ ގޮތް ހެދޭނެއެވެ.
- މެންބަރުކަން ކުރާ މީހުނަށް އެލައުންސް ދިނުން ހުއްޓުވޭނެއެވެ.
- ފަޑިޔާރުންގެ މުސާރައާއި އެލަވެންސް ހަމަމަަގަށް އެޅުވޭނެއެވެ.
- ސިޔާސީ ނުފޫޒުން ފަނޑިޔާރުގެ ސަލާމަތް ކުރެވޭނެއެވެ.
ގައުމުގެ އިގުތިސާދި ފުދުން ތެރިކަން އިތުރުވެ ދުނިޔޭގެ ފެންވަރުގެ ބިޔަ އިގްތިސާދަކަށް ރާއްޖެ ހެދެންވާނެއެވެ. އެމަގަށް ކުރުމަށް ވައުދުވެފައިވާ ކަންކަން ނިންމާ އޭގެ ނަފާ ރައްޔިތުންނަށް ހޯދާދެވެން ވާނެއެވެ.
- ވައުދުވެފައިވާ އެއަރޕޯޓްތައް އަޅާ ނިންމަންވާނެއެވެ.
- ވައުދުވެފައިވާ ވަރަށް 20 މިލިޔަން ފަތުރުވެރިން ގެނެވެންވާނެއެވެ.
- ވައިގެ އުދުހުންތަކުގެ އަގު ހެޔޮ ކުރެވެންވާނެއެވެ.
- ރައްޔިތުންނަށް ފުދޭ މިންވަރަށް ކާބޯތަކެތި ރާއްޖޭގައި އުފައްދަން ޖެހޭނެއެވެ.
- ޓޫރިޒަމް ނޫން އެހެން އިންޑަސްޓްރީތައް ރާއްޖޭގައި ކޮޅަށް ޖެހެންވާނެއެވެ.
- އީއީޒެޑްގެ ކަނޑާ ކަނޑު އަޑީގެ ފުރިހަމަ މަންފާ ހޯދެންވާނެއެވެ.
- ރާއްޖޭގެ އެކި ހިސާބުގައި ބަންކަރިންގ ހިދުމަތް ދެވެންވާނެއެވެ.
- ދެކުނު ކަނޑުގެ އިގްތިށަދީ ސަރަހައްދުގެ 200 މޭލު ހަމަޔަށް ހޯދެންވާނެއެވެ.
- ޓަނަލްއަޅާ ބްރިޖުން ގުޅަންޖެހޭ ހުރިހާ ތަނެއް ގުޅާލެވެންވާނެއެވެ.
ގައުމިއްޔަތާއި ސިޔާދަތުގެ ރަތްރޮގު ފަލަކޮށް ދަމާލެވޭ ވަރަށް ބާރު އޮތީ ދީފައެވެ. ލިބިއޮތް ބާރުން ބާރުލިބިގެން އެކަން ކުރާކަށްވެސް ހުރަހެއް ނެތެވެ.
- ބޭރު ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެއެވެ.
- ސަވައިލެންސާއި ކުއްލި ހާލަތުގައި ބޭރުގެ މަދަނީ ބަޔަކު ނުތިބޭނެއެވެ.
- ހައިޑްރޮގްރަފީ އެއްވެސްކަމެއް ބޭރު ބަޔަކު ލައްވާ ނުކުރުވާނެއެވެ.
- ކަނޑާ ވައިގެ މަގުން ސަރަހައްދު ބަލަހައްޓާނީ ދިވެހިންނެވެ.
- ދިވެހި ބަހުން ނޫނީ ރަސްމީ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ.
- ޅެމުން ނަފްސާނީ ފަރުވާ ދޭން ފެށޭނެއެވެ.
- ސްކޫލުތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވާދެވޭނީ ދިވެހި ބަހުންނެވެ.
މިހުރިއްޔަކީ ސަމާސާ ކަންކަމެއް ނޫނެވެ. މިހެން އިނދެ ވިސްނާލުމުން ހަނދާނަށް އައި ބައެއް ކަންކަން ހިއްސާކޮށްލީއެވެ. އެހެން ނޫނަސް އެއޮތް ބޮޑު މެނެފެސްޓޯއާއި މެންބަރުން ހޮވުމަށާއި ވެރިކަމަށް ވީހާ ވައުދުތައް ފުއްދާން މަޖިލިސް ނުލިބިގެން އުޅޭކަށް ގައިމު ނުޖެހޭނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.