ސަރުކާރަށް ދިފާއު ނުވެވުނު ބަލިފައި
އެންމެ ބާރަށް ރައީސް ސޯލިހު ދެކޮޅަށް ދެއްކި ވާހަކަ
ރައީސް ސޯލިހު ދެކޮޅަށް ވާދަވެރިން ފެތުރި ވާހަކަތަކުން ސަރުކާރަށް ދިފާއު ނުވެވުނު ބައެއް ކަންކަން ފާހަގަކޮށްލެވެއެވެ. އެކަން ކަމަށް އެކަށީގެންވާ ރައްދެއް ނުފެނެއެވެ.
- ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން ތިބިކަމަށް ދެކެވުނު ވާހަކަ
- އިންޑިއާ އެމްބަސީން ސަރުކާރު ހިންގުމަށް ނުފޫޒު ފޯރުވާކަމަށް ދެކެވުނު ވާހަކަ
- މަސްކަނޑުން ބައެއް ދޫކޮށްލި ވާހަކަ
- ދަރަނި ބޮޑުވެ ދަރަނިން އަރައި ނުގނެވޭނެ ވާހަކަ
- ފެނަކަ އާއްމު ކުންފުނިތަކަށް ދަރާ ފައިސާ ނުދައްކާ އޮތް ވާހަކަ
- ހެލްތު ދާއިރާގެ މުސާރަ ބޮޑުކުރުމުގެ މަންފާ އެ މުއައްޒަފުންނަށް ނުކުރި ވާހަކަ
- ރަށްރަށުގައި ފަށާފައިހުރި ގިނަ މަސައްކަތް ނުނިމޭ ވާހަކަ
- ވައިގެ ދަތުރުތަކުގެ އަގު ބޮޑު ވާހަކަ
- ވޯޓް ހޯދުމަށް ގިނަ ބަޔަކަށް ވަޒީފާ ދިން ވާހަކަ
- އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނު މައްޗަށް އެކަނި ޝަރީއަތް ކުރެވޭ ވާހަކަ
- ސަރުކާރު ތެރޭގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިންގާ ވާހަކަ
- ނޫސްތައް ސަރުކާރުން ކޮންޓްރޯލު ކުރާ ވާހަކަ
- ރައީސް ނަޝީދަށް ދިން ހަމަލާގެ އިންސާފު ހޯދާނުދެވުނު ވާހަކަ
- އަގުބޮޑު ބިންތައް ވަކި ބަޔަކަށް ހިލޭ ބެހުމުގެ ވާހަކަ
އިސްވެ ބުނެވި ދިޔަ ކަންކަމަކީ އެންމެ ބާރަށް ރައީސް ސޯލިހު ދެކޮޅަށް ވާދަވެރިން ދެއްކި ބައެއް ވާހަކައެވެ. ރައްޔިތުންގެ ގިނަ ބަޔަކަށް މަގު އޮޅުވާލި އޮޅުވާލުމަށް އެކަށީގެންވާ ރައްދެއްދީ ހަގީގަތް ހާމަކޮށް ނުފެނެއެވެ.