ފުރަންވީމާ އިންޑިއާއާ ލެޑިގަތަސް ޗައިނާ އަކުން މޮޅެއްނުވާނެ.
ފުރައްސާރަ ކުރުވަނީ ޗައިނާއިނާކަން ދުނިޔެއަށް ދެއްކޭކަށް ޗައިނާ ބޭނުމެއް ނުވާނެ.
ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު 3 ނައިބު ވަޒީރަކު ލައްވަ އިންޑިއާ އާ ލެޑިގަތީ ޗައިނާއިން ރަން އިލޮށިން ކަދުރު ކާންދޭނެއޭ ހިތާ ނަމަ ތިޔަ ޖެހީ ނުބައި ހިސާބެކެވެ.
ޗައިނާ އަކީ ބައިނަލް އަގްވާމީ ޒުވާބާ ހަނގުރާމަ ތަކުން ދުރުގައި އޮތުމަށް އާދަވެފައިވާ ގައުމެކެވެ. ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުން ގަދަބާރު ދައްކާ ކަންކަމާ ދުރުގައި ޗައިނާ އޮތުމަކީ އެ މީހުންގެ ސިޔާސަތެވެ. ޗައިނާ އަކީ ދުރަށް ވިސްނައިގެން އެ މީހުންގެ މަންޒިލަށް ދަތުރުކުރާ ސްލޯ ޖަޔަންޓެވެ. ހަނގުރާމަވެރި ރޫޙެއްގައި އަލިފާން ދަނޑިއެއްހާ މިންވަރުގެ ބަޑިބޭސް ކޮޅެއްވެސް ޗައިނާއިން އިސްރާފެއް ނުކުރެއެވެ.
ކޮންމެ ބޮޑު ގައުމަކުން ވެސް އެ ގައުމަކާ އަރާ އަރަފޯދިގެންވާ ގައުމުތަކާ އެކު އޮންނަ ވާދަވެރިކަން އޮތަސް އެފަދަ ގައުމު ތަކުގައި ހިނގާ ބޮޑެތި ވިޔަފާރިތައް ހުރީ ކުދި ގައުމު ތަކަށްޓަކާ ގުރްބާންކުރާ ވަރަށްވުރެ މާމަތީގައެވެ.
އާސްމާނަށް ހިތް އަރައިގެން ސައިޒު އޮޅިގެން މުއިއްޒު ސަރުކާރުން ނޫޅޭށެވެ. ޗައިނާއަށް ފުރަންކައިރި ވީމާ އިންޑިއާ އާ ލެޑިގަތީ ޗައިނާއިން ލައްކަ މޮޅުތަކެއް ހޯދާނަމޭ ހިތާދޯއެވެ. ފުރަމުން ތިޔަ ކުރި ކަންތަކުން ވާންއޮތް ރަނގަޅުން ވެސް ބޮޑުބައެއް އުނިވުން ނޫން ކަމެއް ނުވާނެއެވެ.
ފަހަތުގައި އޮވެގެން އިންޑިއާ އާ މައްލަވަކޮށް އެ ގައުމުގެ ވެރިންނަށާ ހައިބަތަށް ފުރައްސާރަ ކުރުވަނީ ޗައިނާއިން ކަން ދުނިޔެއަށް ދެއްކޭކަށް ޗައިނާ ބޭނުމެއް ނުވާނެއެވެ.
ހަދައިގެން ތިޔަ ދިޔަ ކުރެހުން ތަކާ ޕްރޮޖެކްޓް ތަކުގެ އެނިމޭޝަން ތަކަކީ ހުވަފެނީ ދަޅަކަމާ، އެއީ އިންވެސްޓަރުން އަތުން ފައިސާ ހޯދަން ރާޖޫމެން ޖަހާ ޗައްކަރުކަން ޗައިނާ ހިތުދަސްވާނެއެވެ.