ކާން ނަގާ ފައިސާއާއި މުއިއްޒު ސްޕީޑް: ޔާމީނު އަރިހުން

ހަމަ ގޮތް ކުޑައީ

ކާން ނަގާ ފައިސާއާއި މުއިއްޒު ސްޕީޑް: ޔާމީނު އަރިހުން

ސަމާސާ ވާހަކައެއް ނޫނެވެ. ސަމާސާ މިޒާޖުގައި ދެއްކެވިއެސް ކަމަކީ ސީރިއަސް ކަމެކެވެ. ރައީސް މުއިއްޒުގެ ގޮތެއް ފޮތެއް ނެތް ވާހަކަ އެދައްކަނީ އެމްޑީޕީ މީހުނެއް ނޫނެވެ. އެމީހެއް ހިޔަނީގައި މުއިއްޒު ވެރިކަމަށް ގެނެސްދިން މީހުނެވެ. 

ކިތަންމެ އަސަރެއް ކޮށްގެން ވެއްޓި ބޯޖެހުނު ނައިބު ވަޒީރުމެން އެކްސް ގައި ލިޔުނަސް ހަގީގަތަކީ ހަގީގަތެވެ. މެޑަމް ސާޖިދާ ނާޗަރަންގީ ކުޅެން ކަރޯކޭ ސިސްޓަމެއްގެ ސްޕީކަރ ޖޯޑަކަށް ދައުލަތުން ފަސްލައްކަ ޑޮލަރު ހަރަދު ކޮށްގެން އުޅެންޏާ އެވާހަކަ ދައްކާނެއެވެ.

ދިރުނބާ ކޮޅުއެއްގަމަށް އެހެލަން ކަދުގައި ހިއްޕާފައި ހުރި ނައިބު ވަޒީރޫއެވެ. "މިއީ ރައީސް ޔާމީން އާއި އެ ޕާޓީން ވެއްޓެން ކޮން ދަރަޖައެއްތޯ؟" އަހާނެ ކަމެއް ނެތެވެ. މުއިއްޒުގެ ލަދު ހަޔާތުގެ ކަންފުޅެއް ނެތީމަ މިހާ ގޮތްކުޑަކޮށް ވާހަކަ ދައްކާނެކަން އެގެންވާނެއެވެ. މެޑަމް ސާޖިދާ އާއި ގުޅުވާ ބޭ އަދަބީ ވާހަކަތައް ރަސްމީ ޖަލްސާއެއްގައި ނުދައްކާނީ ނުދެއްކޭ ވަރަށް އަބުރުވެރި ނަމަތާއެވެ. ރައީސް ޔާމީނު އަތްޖައްސަވައިގެން ފުއްދާލެއްވިކަން ނަސީބެވެ.

މުއިއްޒު ދައްކާނެ ވާހަކައާއި ނުދައްކާނެ ވާހަކަ ސާޖިދާއަށްވުރެ ބޮޑަށް ތިޔައެނގެނީ ޝިއުނާއަށެވެ. ޝިއުނާ ތިޔަ ބުނަނީ ކޮން ފިކުރެއްގެ ވާހަކައެއް ކަމެއް ނޭގެއެވެ. ހަމަ ޔަގީނުންވެސް މުއިއްޒަކީ ޔާމީނު ފިކުރުގެ މީހެއް ނޫނެވެ. އެ ފާޑަށް މުއިއްޒާ ސާޖިދާ ތެޅެބާލަނީ އެހެން ވީމައެވެ. އާނއެކެވެ. ހަމަ ގޮތްކުޑައީއެވެ.