އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރމާކެޓަށް އަހަރު ފުރުން

ހައިޕަރ މާރކެޓް ކޮންސެޕްޓަކީ އެސްޓީއޯ ނޫން ފަރާތްތަކަށް ޕީޕަލް ޗޮއިސްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުން

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރމާކެޓަށް އަހަރު ފުރުން

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަ ކުރަމުން އެބަދެއެވެ. އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައްގެނެސް އަލުން ހުޅުވިތާ އެއް އަހަރު ފުރުނީއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލު ކުރީ 15 މާރޗް 2021 ގައެވެ.

ހައިޕަރ މާރކެޓް ކޮންސެޕްޓަކީ އެސްޓީއޯ ނޫން އެހެން ފަރާތްތަކަށް އެތާނގެ ތެރޭގައި ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން ވިޔަފާރިކުރުމުގެ ކޮންސެޕްޓެވެ. އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ވީހާވެސް ގިނަބަޔަކަށް ޕީޕަލްޗޮއިސްގައި ބައިވެރިވުމުގެ ފުރުސަތި ދިނުމުގެ ގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. 

ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔައް ދޫކުރުމަށް ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ތައްޔާރީތަކެއް ވުމަށް އެސްޓީއޯއިންވަނީ ފަށަފައެވެ.  ވާންޖެހޭ ތައްޔާރީތައް ދަނީ ވެވެމުންނެވެ.

ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓަށް އަހަރުވުމާ ގުޅިގެން އަހަރީ ދުވަހަށް ގިނަކަންތައް ތަކެއް އަންނަނީ ޕްރޮގްރާމްކުރެވި ހިނގަމުންނެވެ. 

  • އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް އިން  މާރޗު 15 ވަނަ ދުވަހު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ. ކޫޕަންގެ ގުރުއަތުން ހޮވޭ ހަތަރު ބޭފުޅަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބެއެވެ.
  • ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަރގްރަމް އަދި ފޭސްބުކްގައި ޝެއަރ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މާރޗު 15 ވަނަ ދުވަހު ކުރިޔަށް ގެންދެއެވެ.
  • މިހާރު ކުރިޔަށްދާ ރަމަޒާން ބާޒާރުގެ އިތުރަށް މާރޗު 16 ން 22 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދެއެވެ.
  • މާރޗް 15 ވަނަ ދުވަހުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ކުރިޔަށްގެންދެއެވެ.
  • މާރޗް 15 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ދިހަ ފަރާތަކަށް ރެންޑަމްކޮށް ސަޕްރައިސްއެއްގެ ގޮތުގައި އަގުހުރި އިނާމްތަކެއް ދެއެވެ.