ޗޮއިސް ބުރޭންޑު ގެރިކިރު އާސްޓޮކެއް އެސްޓީއޯއަށް ލިބިއްޖެ!

ޗޮއިސް ބްރޭންޑު ގެރިކިރުގެ އިތުރުން ޗޮއިސް ބުރޭންޑުގެ ކުކިންއޮއިލް، ބާސްމަތީރައިސް އެސްޓީއޯއިން ލިބޭނެ

ޗޮއިސް ބުރޭންޑު ގެރިކިރު އާސްޓޮކެއް އެސްޓީއޯއަށް ލިބިއްޖެ!

ދިވެހިންގެ ތެރޭގައި ތަފާތު ވައްތަރު ތަކުގެ ފޮނިކާ އެއްޗެހި ތަޔާރު ކުރުމަކީ ވަރަށް ކުރިއްސުރެން ހިނގަމުން އަންނަ އާދައެކެވެ. ޒަމާނާއެކު ތައްޔާރު ކުރާ ބާވަތްތައް ވެސް ވަނީ ގިނަވެ އިތުރު ވެފައެވެ. ނަމަވެސް ދިވެހިން ހަދާ ބައެއް ބާވަތުގެ ފޮނިކާ ތަކެއްޗަކީ ދުވަހަކު ވެސް ސުފުރާމަތިން ގެއްލިގެން ނުދާނެ އެއްޗިއްސެވެ. ހާއްސަކޮށް ރަމަޟާންމަހު ގޭ ސުފުރާ މަތިން ގިނަ ގޭގޭގައި ކޮންމެ ދުވަހަކު އެ އެއްޗެއް ނެތްނަމަ ސުފުރާމަތި ފުރިހަމަ ނުވާ ތަކެތިވެސް ހުރެ އެވެ. އެގޮތުން  ރޯސް ޕާން، ކެރަމަލް ފޮޅި، ގެރުކިރު ބޯކިބާ އަދި ޕްޑިން ފަދަ  ފޮނިކާ ތަކެތި ހިމެނެ އެވެ.

މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަސްހޫރު އެއްޗެސެވެ. ނަމަވެސް މީގެން ކޮންމެ އެއްޗެއް ތައްޔާރު ކޮއްލަން ބޭނުންވިޔަސް ބޭނުން ވާނެ އެންމެ މުހިންމު އެއްޗަކީ މީރު ގެރިކިރެވެ.

ރާއްޖޭގައި އެކި ބުރޭންޑުތަކުގެ ގެރިކިރު ހުރި ކަމުގައި ވިޔަސް ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ބުރޭންޑަކީ ޗޮއިސް ގެރިކިރެވެ.

ދިވެހިންގެ އިތުބާރު ލިބިފައިވާ ޗޮއިސް ބުރޭންޑުގެ ގެރިކިރުގެ އާ ސްޓޮކެއް ވަނީ މިހާރު އެސްޓީއޯއަށް ލިބިފައެވެ. ޗޮއިސް ބްރޭންޑުގެ ގެރިކިރުގެ އިތުރުން ޗޮއިސް ބުރޭންޑުގެ ކުކިންއޮއިލް އާއި ބާސްމަތީރައިސް ވެސް އެސްޓީއޯއިން މިހާރު ލިބެން އެބަހުއްޓެވެ.