ހީރަސް ސުފުރާ: މަސާލާ ސައި

ތައްޔާރު ކޮށްލަން ފަސޭހަ

ހީރަސް ސުފުރާ: މަސާލާ ސައި

ހީރަސް ސުފުރާ މިއަދު ހާއްސަ މިކޮށްލަނީ މަސާލާ ސަޔަށެވެ. މަސާލާ ސަޔަކީ ވަރަށް އަނގަޔަށް މީރު ވަރަށް ގިނަ މީހުނަށް ކަމުދާ ސައެކެވެ. 

ބޭނުންވާނެ ތަކެތި:

2 ޖޯޑު ފެން

1 އިންޗި އިނގުރުކޮޅެއް

4 އިންޗި ފޮނިތޮށިކޮޅެއް

12 ކާފޫރުތޮޅި

6 އަސޭމިރުސް ފުށް

3 ކަރަންފޫ

3 ސައިސަމުސާ ސައިފަތް

1 ޖޯޑު ދިޔާކިރު

ހަކުރު

ތައްޔާރުކުރާނެ ގޮތް:

  • ފެނާއި އިނގުރާއި ފޮނިތޮށްޓާއި ކާފޫރުތޮޅިއާއި އަސޭމިރުހާއި ކަރަންފޫ ތެއްޔަކަށް އެޅުމަށްފަހު ބޮކިޖަހަންދެން ކައްކާށެވެ.
  • ދެން އެއަށްފަހު އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާފައި 15 މިނެޓެއްހާއިރު ކެކިލަން ބަހައްޓާށެވެ.
  • ދެން އުނދުން މަތިން ތެލި ބާލާފައި ތެލީގެ ތެރެއަށް ސައިފަތްކޮޅު އަޅައި2 މިނިޓެއްހާއިރު ބަހައްޓާށެވެ.
  • އެއަށްފަހު ހަކުރާއި ކިރު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
  • އަނެއްކާވެސް ތެލީގައިހުރި ތަކެތި ކެކިގަންނަންދެން އުނދުން މައްޗަށްލާ ކައްކާލާށެވެ.