ދިރުވާލާ ބަތްމުށުންވެސް ޓެކްސް ދީގެންއުޅޭއިރު ގޮވަނީކަލަ
އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވާންޖެހެނީ ސަރުކާރު ނުކުޅެދޭތީ
އެންސްޕާއެއް ކަމަކު ލަދުވެތި ވާހަކަ ނުދައްކާށެވެ. ދިވެހި ރައްޔިތުންނަށް ބަލިހާލުޖެހި ފުރާނަ ސަލާމަތްކުރަން ހަރަދުކުރާ ފައިސާގެ ވާހަކަ ދައްކަން ލަދުނުގަންނަކަމެވެ. އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ރައްޔިތުން ތެރެއިން ބަޔަކަށް ފަރުވާދެވުނީތީ ކަލަގޮވަނީ އެންސްޕާ ޝިރުނާގެ ރަނަގަވާޅުން އެއްޗެހިތަކެއް ދެވިގެން ހެއްޔެވެ. އެއްކަލަހެން މޮޔަ މޮހަދަށް ޓީވީ ހަދަން ވަތްގަޑުން ހީނާ ދިންކަހަލަ އެއްޗަކީ ހެއްޔެވެ. ނޫނީ ވިއްޔާ މުއިއްޒު ގޯތި ބަންގާޅުފޮށިން ބައިވަރުގަޑެއް ދެވިގެން އުޅެނީ ހެއްޔެވެ.
މާތްކަލާކޯއެވެ. ކަލޭމެންނާ ރައްޔިތުން މަތިކޮށްފައި އޮތީ އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމަށެވެ. ރައްޔިތުންގެ މާލުން ހަރަދުކޮށްފައި އަތްގުޅިނުކާ މުސާރައާއި ރައްޔިތުންގެ ޗެކްފޮތާއި ސޮއިކުރަން ގަލަން ދީފާ ތިޔަ ތިބީ ރައްޔިތުނަށް ހިދުމަތްކުރާށެވެ. އަވާރާ ވެގަނެގެން ނޫޅެ ބަލާށެވެ.
ކަލޭމެން ތިޔަ ކަލަގޮވާ ހަރަދެއް ކުރެވިގެން ތިޔަ އުޅެނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެވެ. ހަތަރު ލައްކައެއްހާ ރައްޔިތުންގެ ތެރެއިން އެއްޗެއް ދިއްކޮށްލެވިގެން ތިޔައުޅެނީ މަދު މީހަކަށެވެ. ގިނަ މީހުން ތިބީ ތިޔައިން އެއްޗެއް މުޅި އުމުރުގައިވެސް ނުހޯދައެވެ. ދިރުވާލާ ބަތްމުށުންވެސް ޓެކްސް ދީގެންއުޅޭ ރައްޔިތުމީހާއަށް ކުޑައިމީސްވާ ގޮތަށް ކަލަގޮވަން ތިޔަ ތަންތާކު ޗޯކުޖަހައިގެން ގޮސްތިބޭނެ ކަމެއްނެތެވެ. ކާބޯތަކެއްޗާއި ބޭސްފަރުވާއާ ރައްޔިތުންނަށް ހޯދާނުދީ ސަރުކާރުން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ.
އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ރައްޔިތުން ބޭސް ފަރުވާ ހޯދަންޖެހެނީ ރައްޔިތުންގެ މައްސަލައަކުން ނޫނެވެ. ކަލޭމެން ސަރުކާރުގެ ނުކުޅެދުން ތެރިކަމުންނެވެ. ސަރުކާރު ހޮސްޕިޓަލުގައި އެޑްމިޓްވެގެން ފަރުވާ ކުރެވެން ނޯންނާތީއެވެ. ޑޮކްޓަރުންނަށް ދައްކަންޖެހެވޭ ކިޔުދިގުވެ މަރުނުވަތަ ގަދަ ވަންދެން "ވެއިޓް ލިސްޓް" ގައި ތިބެން ޖެހެނީ ރައްޔިތުން ކުރާ ކަމަކުން ނޫނެވެ. އެޑްމިޓްވާން ބެޑެއް ނުލިބެނީ ބަލިމީހާގެއިން އެދެއް ގެންދަންޖެހި އެނދެއް ނުގެންދެވިގެންނެއް ނޫނެވެ. އެނދެއް ލިބެއްޖެއްޔާ ތިޔެޓަރު ނުލިބިގެން ފުރާނަ އަރުއްވައިގަންނަވަންދެން އޮންނަންޖެހެނީ ބަލީމީހާގެ މައްސަލައަކުންނޫނެވެ.
ސަރުކާރު ހޮސްޕީޓަލްތަކުން ކަންކަން ވާން ހުންނަ ނަމަ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ފަރުވާ ކުރާކަށް އެކަުވެސް ނުދާނެއެވެ. ކޮންމެ މަހަކު ބިލިޔަން ބިލިޔަނުން ދައުލަތަށް ވަންނަ ފައިސާއަކީ ސަރިކާރުތަކުން ތަޅާބުރުވާ އަމިއްލަ ޖީބަށް އަޅާ އެއްޗަކަށް ވީމާ ވާނެހައެތި ތިޔަ ވަނީއެވެ.
ރައްޔިތުންގެ ބޭސްފަރުވާއަށް ކުރާހޭދައަކީ ދައުލަތަށް އޮތް އެންމެ ބޮޑު ބުރަކަމަށް ދައްކައިގެން ކުރާހާވެސް ކަމަކީ ޖެހުނުތާކުން ޖެހުނު މީހަކު ދައުލަތް ނޮޅާ ވީދައިގެން ކެއުމެވެ. ހިތުހުރި ގޮތަކަށް ދައުލަތް ދަވަމުން ރައްޔިތުންގެ ބޭސްފަރުވާއަށް ކުރާ ހޭދައާއި ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ވެދޭ އެހީއަށްވުރެ ބޮޑު ބުރައެއް އުފުލަން ސަރުކާރަށް އޮންނަކަމަށް ނުހެދުމަކީ ޖާހިލުކަމާއި ނުބައި ނުލަފާކަމެވެ.


