ވަޓްސިލާގެ ހިފެހެއްޓުމެއް ނެތް ޝުކުރު ސްޓެލްކޯއަށް
ސްޓލްކޯއަކީ ރަނގަޅަށް ރޭވިގެން މަތީފެންވަރެއްގައި ހިނގާ ގާބިލު ކުންފުންޏެއް: ވަޓްސިލާ
ފިންލޭންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވަޓްސިލާ ކުންފުނިން ހިފެހެއްޓުމެއް ނެތި ސްޓެލްކޯއަށް ތައުރީފް ކޮށްފިއެވެ. ވަޓްސިލާއިން ސްޓެލްކޯއަށް ތައުރީފް ކޮށްފައިވަނީ އެ ކުންފުނީގެ ވެބްސައިޓްގައި https://www.wartsila.com/insights/article ޝާއިއުކޮށްފައިވާ ލިޔުމެއްގައެވެ.
ސްޓެލްކޯއާއި ވަޓްސިލާ ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ބަދަހި ގުޅުމެއް ދަމަހައްޓާފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްކަމުގައިވާ ދިވެހިރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމުގައި ސްޓެލްކޯއިން ވަޓްސިލާ ހަދާދީފައި ވާކަމަށް ވެއެވެ.
މާލޭގެ ބޮޑު އިންޖީނުގޭގައި 1990 ވަނަ އަހަރު ބަހައްޓާ ހިންގަންފެށި ވަޓްސިލާ އިންޖީނާއި ހިސާބުން ފެށުނު ގުޅުމަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އެ ގުޅުމުގެ ތެރެއިން ސްޓެލްކޯ ބޮޑެތި ކާމިޔާބީ ތަކެއް ހާސިލްކޮށްފައިވާ ކަމަށް ވަޓްސިލާގެ ލިޔުމުގައި ބުނެފައި ވެއެވެ.
މާލެއާއި ހުޅުމާލެއާއި އަތޮޅުތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ވަޓްސިލާއިން އިންޖީނު ފޯރުކޮށްދީ ސްޕެއަރޕާޓްގެ ހިދުމަތާއި ތަމްރިނާއި ތަޖުރިބާ ބަދަލު ކުރުމުގެ ގިނަގުނަ ހަރަކާތްތައް ހިންގާފައިވެއެވެ.
ސްޓެލްކޯއަކީ ރޭވުންތެރިކަމާއި ހުނަރުވެރިކަމާއި ގާބިލުކަމާއެކު ހިދުމަތް ދިނުމުގައި ދެވަނައެއް ނެތް ކުންފުންޏެއް ގޮތުގައި ވަޓްސިލާ ސިފަކުރެއެވެ. ޔަގީންކަމާ އިތުބަރާއެކު ހިދުމަތަށް އަހުލުވެރި ހީވާގި ޓީމެއްގެ ގޮތުގައި ވަސިލާއިން ސްޓެލްކޯ ސިފަކުރެއެވެ.
2030 ގައި ރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ސްޓެލްކޯއިން ކުރަމުން ގެންދާ މަސައްކަތުގައި އެއްމެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި ވަޓްސިލާ ބައިވެރިވަމުން ގެންދާ ކަމަށް ފަހުރުވެރި ކަމާއެކު ވަޓްސިލާއިން ފާހަގަ ކުރެއެވެ.
ވަޓްސިލާ-ސްޓެލްކޯ ގެ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ބަދަހި ގުޅުމާއި އުފެދިފައިވާ އިތުބާރުގެ ތެރެއިން މަލޭގެ މައި އިންޖީނުގެއަށާއި ހުޅުމާލެ އިންޖީނުގެއަށް އެންމެ އެކަށީގެންވާ އިންޖީނާއި ސްޕެއަރޕަރޓްސްއާއި ފަންނީ އެހީތެރކަން ފޯރުކޮށް ދީފައިވެއެވެ. ހަމަ އެހެންމެ އަތޮޅު ތަކުގެ ބައެއް ރަށްރަށަށް އެރަށަކާއި އެކަށީގެންވާ އިންޖީނު ފޯރުކޮށް ދިނުމުގައި ސްޓެލްކޯއިން ވަޓްސިލާއަށް ފުރުސަތު ފަހިކޮށް ދީފައިވާކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރެއެވެ.