އެމްޕީއެލް: ސަލާމަތާ ރައްކާތެރިކަން ކަށަވަރު

ހަރުދަނާ ޕްރޮޓޮކޯލެއްގެ ދަށުން އެމްޕީއެލް ސަރަހައްދަކީ ރައްކާތެރި މަސައްކަތު ވެއްޓެއް

އެމްޕީއެލް: ސަލާމަތާ ރައްކާތެރިކަން ކަށަވަރު

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ހަރުދަނާ އުސޫލެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ގާއިމުކޮށްފިއެވެ. ގާއިމު ކުރެވުނު ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިޒާމުގެ ދަށުން އެމްޕީއެލްގެ މަސައްކަތު ސަރަހައްދަކީ ރައްކާތެރި މަސައްކަތު ވެއްޓެއްކަން ކަށަވަރުކޮށް ދެއެވެ. 

ޕޯޓްގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ތަމްރީނު ލިބިފައި ތިބި ބަޔަކު ގަވައިދުން މޮނިޓަރކޮށް އިންސްޕެކްޓް ކުރެވޭ ގޮތައް ތަރުތީބު ވެފައިވާ ނިޒާމަކުން ފާރަވެރިވެވޭ އެމްޕީއެލް ސަރަހައްދަކީ މަސައްކަތުގެ ވަގުތުގައި ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށް ދެއެވެ. ސަލާމަތާ ރައްކާތެރި ކަމާގުޅޭ ޝަކުވާތައް ހުސްވެގެންވާ ވިޔަފާރި ބަދަރަކަށް އެމްޕީއެލް ސަރަހައްދު ވެގެން ދެއެވެ. ސަލާމަތީ މިންގަނޑު ތަކަށް ބަރާބަރަށް ފެތިފައިވާ ހަރަކާތްތެރި ބަނދަރަކަށް އެމްޕީއެލް ސަރަހައްދުވެގެން ހިނގައްޖެކަން އެންމެނަށް ކަށަވަރު ކޮށްދެވެއެވެ.