ޖަމީލު ފެނުމުން ރައްޔިތުން އައޫޒު ކިޔާ ދުރަށް!

އެންގްރީ ބާޑް ޖަމީލުގެ ރުޅިގަނޑު އަދާލަތާ މެދު ފަޅަފަޅައިގެން ދިޔުން

ޖަމީލު ފެނުމުން ރައްޔިތުން އައޫޒު ކިޔާ ދުރަށް!

ތަޢުވީޒް ކުރުމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މުސްލިމުން ކުރާ ކަމެކެވެ. މީސްތަކުންގެ ހިތްތަކަށް ވަސްވާސް ލައިދީގެން ނުބައިކަންކަން ކުރުވަނީ ހަމައެކަނި ޝައިތާނުންގެ ތެރޭގައިވާ ޖިންނީން އެކަންޏެއް ނޫނެވެ. ކީރިތި ޤުރްއާންގެ "އައްނާސް" ސޫރަތުގެ ފަހު އާޔަތުގައިވާ ގޮތުން ވަސްވާސް ދިނުމުގައި ޖިންނީން ފަދައިން އުޅޭ އިންސީން ވެސް އުޅޭކަން އެނގެއެވެ. އިންސީންނަކީ އިންސާނުންނެވެ. އޭގެ ތެރޭގައި ދިވެހިންވެސް ހިމެނެއެވެ. ވަކިރަށަކަށް ނިސްބަތްވީތީ އިސްތިސްނާއެއް ނުވެއެވެ. ދިވެހިންގެ ތެރޭގައި އެކިކަހަލަ ނުބައި ފިތުނަ ފަސާދަ ހަދާ ނުބައިކަންކަމަށް ވަސްވާސްދީ ދިހަބާރަ އަނގައިން ވާހަކަ ދައްކާ، އެކިއިރު އެކިގޮތައް ހަފުއްކެހެރި މުނާފިގުކަމުގައި އަވަދިނެތި އުޅޭ މީހުން އެންމެ ރަނގަޅަށް އެނގޭނީ ދިވެހިންނަށެވެ. 

ހެޔޮ އެއްގޮތް ނެތިގެން އެކިއިރު އެކިއެތި ކިޔަމުން ރަށުތެރޭގައި އަނގަފަތުރަމުން ދުވާ އެކަކީ ޔާމީން ވެރިކަމުގައި ނައިބު ރައީސް ކަމުން ބޭރުކުރި ފަހުން  "ފޮތިކަހާލާފައިވާ" އެންމެން ދަންނަ ބޮނޑިބަތް ޖަމީލެވެ. ވެރިކަމުގެ ބޫތުހިފާ ބޮޑީ ގާޑުން ލައްވާ ބޫޓް ޕޮލިޝް ކުރުވި ޖަމީލެވެ. ސަރުކާރަކުން ކުރާ އެއްވެސް ރަނގަޅުކަމެއް ލޮލަށް ނުފެންނަ ލޯޔަރެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީޞޯލިޙާ އެންމެ ފުރަތަމަ ބައިއަތު ހިފީ އަދާލަތު ޕާޓީއެވެ. ކަންކަމުގައި އަބަދުވެސް ރުޅިގަދަވެ މުރަނަވެ ދެލޯ މަދޮއްޓަކަށް ހަދައިގެން ޑިންޑިން ކޮވެއްޔެއްހެން ހުންނާތީ އެންގްރީ ބާޑްގެ ނަމުން ވެސް ބަޔަކު ނަންކިޔާ ޖަމީލުގެ ރުޅިގަނޑު އަދާލަތާ މެދު ފަޅަފަޅައިގެން ދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. 

މިސްކިތް ތަކަކީ ހުރިހާ ފިތުނައާ ހަސަދައިން އެއްކިބާވާން ޖެހޭ ދުނިޔެމަތީގައިވާ އެންމެ ހުރުމަތްތެރި ހިޔާވަހިކަން ވެސް ޖަމީލަކުގެ ހަނދާނަކު ނެތެވެ. ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އިމާމުން މިސްކިތަށް އެރުމުން މުސްލިމުން ކުރަންޖެހޭ ކަމަކީ މިސްކިތުން ފޭބުންކަން ޖަމީލު އިސްތިހާރުކޮށް ވަސްވާސް ދޭން  ފަށައިފިއެވެ. އިބިލީހަށްވުރެ ޖަމީލުގެ އިބިލީސްކަން ބޮޑިތާއެވެ

ތިމާގެ ހަސަދަވެރިކަމާ ރުޅިވެރިކަން މިސްކިތު ހަރިންމައަށް ލައިގެން މިސްކިތްތައް ފަޅުކުރުން އެއީ މޮޅުކަމެއް ކަމުގައި ވަސްވާސްދޭ މީހުންނާ މުސްލިމުން ދުރަށްދާން ޖެހެއެވެ. 

އަޢޫޒު ބިސްމިއާ ކުރުސި ކިޔަވާ އިޚްލާޞް ފަލަޤި ނާސި 3 ސޫރަތް ކިޔަވައި ފުމެ މަތުރައިގެން ނަމަވެސް އެފަދަ ވާސްވާސްދޭ މީހުންނާ ދުރުވާން ޖެހެއެވެ.