އިންތިހާބަކުން ގޮނޑިއެއް ނުލިބޭ މާލޫދުޕާޓީއަށް ލިބޭނެ ރައީސްކަމެއްނެތް
ބަގާވާތް ނޫން ކަމެއް ނުދަންނަ ބާގީން ރައްޔިތަކަށް އެދޭނީ ކޮން ހެވެއް
ނެގި ނެގިފާ ބާރަށް ޖެހޭށެވެ. ތެޅުނު ވަރަކަށް ފައިބަމުން ތިޔަހަރަ ދަނީ ހުޅުނބެވެ. ސަރުކާރުން ލިބިފައި ހުރި ޕްރޮޖެކްޓްތައް ގެއްލިދާނެތީ ސިޔާސީ ކަމަކާ ނޫޅޭން ހުރެފައި ދައުރު ދެބައިވުމުން ސިޔާސީ ޕާޓީއެއް ހަދައިގެން ނިކުމެ ރަނިންގ މޭޓްކަން ހޯދަން އާދޭސްކޮށް އެކަން ނުވާނެ ކަން އެނގުމުން ރިޔާސީ އިންތިހާބަށް ކުރިމަތިލާން ފޫގަޅައިގެން ރައްޔިތުންގެ އުދާސް އަރުވަން ނިކުތަސް ރައްޔިތަކު ތިޔަކަމަކާ ވެގެން ނޫޅެއެވެ.
ބަގާވާތް ނޫން ކަމެއް ނުދަންނަ ބާގީން ރައްޔިތަކަށް އެދޭނީ އެދެވޭނީ ކޮން ހެވެއް ހެއްޔެވެ. މާ ކަންވާ މީހަކަށް ހެދިގެން ރައީސް ޔާމީނު އަރިހުގައި ހުރެ ބަގާވަތްކުރަން އުޅެގެން ޖަލުގެ ތޭރިތަކުގެ ބިއްދަށަށް ފޮނުވާލީ ފޮނުވާލަން ޖެހޭތީއެވެ. ދުނިޔޭގެ މާފިޔާ ގޭންގެއް ކަމުގައިވާ އާތުރު ބްރަދާސް ރާއްޖެގެނެސްގެން އެމީހުން ލައްވާ ހަތިޔާރު އެތެރެކޮށްގެން ވެރިކަން ފޭރިގަންނަން ޖެހި ދަންތުރާގައި ޖެހި ޖަލަށް ކަނޑާލާ ފްރޭމް ކުރިއްޔޭ ކިޔައިގެން ދަނޑިވަޅުގެ ފައިދާ ނަގައިގެން ޖަލުން ނިކުތަސް ބާގީއަކަށް ނުވެއެއް ނުވެއެއް ނުދެއެވެ.
އިޓްލޮސްގެ ނިންމުން ބާގީން ގަބޫލެއް ނުކުރާނެއެވެ. ދުނިޔޭގެ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކަކީ ބަގީން ގަބޫލުކުރާނެ އެއްޗެއް ނޫނެވެ. ރާއްޖޭގެ ސަރަހައްދުން ބައެއް ނަގާލީއޭ ކިޔައިގެން ފޮނުއެރުވިޔަސް ރާއްޖޭގެ ގާނޫނުތައް އޮތްގޮތް ވަރަށް ސާފެވެ.
ރާއްޖޭގެ މަސްވެރިންނަށް މާ ހެވެއް އެދިގެން ކަމަށް ހެދިގެން މަސްވެރިންނޭ ކަޑޭ ތިޔަ ކިޔަނީ އެ މީހުންގެ ވޯޓު ލިބޭނެ ކަމަށް ހިތާހެއްޔެވެ. ވެރިކަން ނޫންކަމެއްގެ އެދުންނެތި ހޭކުޑާ ވެގެން އުޅުނަސް ރައްޔިތުން ތިބީކީ ބާގީންނަށް ވެރިކަން ހޯދާދޭ މޫޑެއްގައެއް ނޫނެވެ.
މީސްމީހުންގެ ގެދޮރުނަގައިގެން އިމާރާތް ކުރަން ހަވާލުވެގެން މީހުނަށް ދޯކާދެމުން މީހުންގެ ގޯތި ގެދޮރަށް ވެރިވެ ގަނެގެން އުޅޭ މީހަކަށް ދޭނެ ވޯޓެއް ރައްޔިތުންގެ ނެތެވެ. ވަކި މުއްދަތަކަށް ނިންމަން ހަވާލުވެގެން ސަރުކާރުން ނަގާފައި ހުރި ޕްރޮޖެކްޓްތައް ނުނިންމާ ދިގުދަންމާ ސަރުކާރަށް ކަންކަން ނުވާކަން ދެއްކުމަށް ހަރާން ކޯރުވާ މީހަކު ނިކުމެ ތިމަންނައަށް ރައީސްކަން ދޭށޭ ބުންޏަސް ރައްޔިތުން ތިބީކީ "ބާގީނާޒިމް"އަށް ވޯޓު ދޭކަށް ނޫނެވެ.
ގާސިމުގެ ތައްޕާހުން ދަގެތީ ދާއިރާގެ މެންބަރުކަން ހޯދައިގެން ޖުމްހޫރީ ޕާޓީ ޖަހައިގަންނަން އުޅެ އެކަން ނުވުމުން ގާސިމަށް ހަރާން ކޯރުވީ އެންމެންގެ ކުރިމަތީގައެވެ. ހިހޫތަނުން ކާން އެއްތާޖެހި އަނެއްތާ ޖެހެމުން ދުވާ ދުންޔާމެން ފަހަތުލައިގެން މާ ގައުމީ ވެގެން އުޅުނަސް އެހެން ބަޔަކު ވާދަނުކުރާ ރަށުކައުންސިލް ބައި އިލެކްޝަނަކުން ގޮނޑިގަޑެއް ނޫނީ އިންތިހާބަކުން ގޮނޑިއެއް ނުލިބޭ މާލޫދު ޕާޓީއަކަށް ލިބޭނީ ކޮން ރައީސް ކަމެއް ހެއްޔެވެ.