ގާސިމަށް: ބުނިހާ ގޮތަކަށް ކުރިން ވޯޓުދިނިން! ދެން ނުވާނެ!

ގާސިމް ބުނިއްޔާ ބުނި މީހަކަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްދީދީ ރައްޔިތުން އަވަދި ވެއްޖެ

ގާސިމަށް:  ބުނިހާ ގޮތަކަށް ކުރިން ވޯޓުދިނިން! ދެން ނުވާނެ!

ހަނދާން ހުރި ޢުމުރުފުރާ އަކުން ވިސްނާލާފައި ބުނެ ބަލާށެވެ. ގާސިމްގެ ދުލުން މައުމޫނޭ ބުނިއްޔާ ބުނި އިންތިޚާބެއް މައުމޫނަށް ކާމިޔާބު ކޮށްދޭން ރައްޔިތުން ނިކުމެ އެކަން ކުރި ނޫންހެއްޔެވެ؟  

މައުމޫނު ގޯހޭ ދެން އަންނިއޭ ބުނެ ގާސިމް ނުކުތް ފަހަރު ރައްޔިތުން އަންނި ވެސް ހޮވައިދިން ނޫން ހެއްޔެވެ؟  

ނޫނެކޭ އަންނި ރަނގަޅެއް ނޫނޭ މިފަހަރު ޔާމީނޭ ގާސިމް ބުނި ފަހަރު ރައްޔިތުން ޔާމީނު ވެސް ހޮވައިނުދޭ ހެއްޔެވެ؟ ދެން އަނެއްކާ ނުކުމެ ބުނީ އޭ ރައްޔިތުންނޭވެ! ޔާމީނު ވެސް ގޯހޭ މިފަހަރު އިބޫ އޭ ނޫންހެއްޔެވެ.  

ރަނގަޅޭ، ގޯހޭ ބުނަމުން ބުނަމުން ގޮސް އެންމެ ފަހުން ގާސިމް ބުނީ އިބޫއެވެ. އިބޫ ވެސް އެހުރީ ރައްޔިތުން ހޮވާފައެވެ. 

އިބޫ ސަރުކާރުގެ ބައިވެރި އަކަށް ހުރެ ވޯޓް ލާން ގާތްވީމާ މިހާރު ތިޔަ ކިޔަނީ އިބޫ ސަކަރާތޭ ހުރިހާ ރައްޔިތުން އަޅުގަނޑާ އެކު ނިކުމެ ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްދޭށޭއެވެ.  

ގާސިމާ ބުނަން ހެއްޔެވެ. ގާސިމް ބުނިއްޔާ ބުނި ފަހަރަކު ނުކުމެ ބުނި މީހަކަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްދީދީ ރައްޔިތުން މުޅިން އަވަދި ވެއްޖެއެވެ.

ގާސިމް ރަނގަޅޭ ބުނި އެކަކު ވެސް ގާސިމަކަށް ރަނގަޅެއް ނުވިއެވެ. އެހެން ވީމާ ގާސިމަކީ ރައްޔިތުންނަށް ރަނގަޅު ނުބައި ބުނެދޭން އެނގޭ މީހެއް ނޫނެވެ.

އެހެން ނޫނަސް 70 ފަހަނަ އަޅާ އުމުރުން 80 އަށް ފައިނެގީމާ ދެން ރަނގަޅު ވާނީ މިކޮޅާ ދުރުވެ އެކޮޅާ ގާތްވެވޭތޯ ވީހާ ގިނަ އަޅުކަން ކޮށް ގިނަ ވަގުތު ޒިކުރުކޮށް އަސްތަޣްފާރު ކުރުމުގައި ރޭދުވާ ހޭދަ ކުރުމެވެ. 

ބައެއް ދީނީ ޢިލްމުވެރިން ކަމުގައި ނަން ކިޔޭ ބޭފުޅުންނަށް ގާސިމް ވަރެއް ނެތިގެން އެކުގައި މަޖިލިސް ކުރައްވާ، ދީނާ ގައުމަށް ޓަކާ މަޝްވަރާ ބައްދަލުވުންތައް ބާއްވާ އުޅޭތަން ފެނެއެވެ. އެހެނެއް ކަމަކު ބަނގުރަލާ އޫރު މަހުގެ އެންމެ ބޮޑު ވިޔަފާރި ވެރިޔާ އަކީ މިދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމުގައި ހަދަން ނުރުހޭ ދިވެހިން މާގިނައެވެ.

ހޮނު ގުގުރި ޖަހާހެން ހެމުން ހެމުން ގޮސް ކޮށިއެރީމާ ކެބިނެޓްގެ މޭޒު މައްޗަށް ޚާސް ކިޔާފައި ބޮޑު ކުޅުގަނޑެއް ޖަހާފާނެ ކަހަލަ މީހެއް ނޫނަސް ޚުލްގު ހުރި، މަޑުމައިތިރި ކެތްތެރި ވެރިޔަކު ދިވެހިންނަށް ވެސް ލިބިދާނެއެވެ.