އިހުސާނަކީ ދާހިލީ ވުޒާރާގެ އަބުރަށް ހުރި ނުރައްކަލެއް: އަލީ އާޒިމް

ރާއްޖޭގެ މިހާރުގެ ދާހިލީ ވަޒީރު އަލީ އިހުސާނަށް ނިސްވާކަމަށް ބެލެވޭ ބަރަހަނާ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވާތާ ކިތަންމެ ދުވަހެކެވެ. ކުށުގެ އަމަލުތަކުން ރައްޔިތުން ދުރުކުރުވުމުގެ ގާނޫނީ ޒިންމާ ހަވާލުވެގެންހުރި ވަޒީރަށް ނިސްބަތްވާ ފޮޓޯތަކެއް ދައުރުވުމަކީ އާދައިގެ ކަމެއްނޫނެވެ. އެކަމުގެ ތެދު ދޮގު ހާމަކޮށް ރައްޔިތުންނަށް ހަގީގަތް ސާފުކޮށް ދިނުމަކީ އަލީ އިހުސާނަށް ލާޒިމު ކަމެކެވެ.
ދައުރުވަމުންދާ ބަރަހަނާ ފޮޓޯތަކަކީ ހަގީގަތެއް ނަމަ ޝަރުތަކާ ނުލާ މަގާމުން އިސްތިއުފާ ދޭންޖެހެއެވެ. ހަގީގަތެއް ނެތް ނަމަ އެކަން ކުރި ބަޔަކު ހޯދާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަކީވެސް އިހުސާނުގެ އަމިއްލަ ހައިސިއްޔަތުންނާއި ރަސްމީ ހައިސިއްޔަތުން ވެސް ނުކޮށް ދޫކޮށްލައިގެން ހުރެވިގެންވާނެ ކަމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވިދާޅުވަނީ އެ ވާހަކައެވެ. އަލީ އާޒިމް ވިދާޅުވާ ގޮތުގައި ދާހިލީ ވަޒީރު އަލީ އިހުސާނު މިކަމާ ގުޅޭގޮތުން އަދިވެސް އެއްވެސް އެއްޗެއް ނުބުނެ ހުރުމުން ހަމަ އެކަނި ކަންބޮޑުވާންޖެހެނީ ނޫން ކަމަށާއި އެއީ ރައްޔިތުން ކުރާ އިތުބާރަށް އޮޅުވާލުމެއް ކަމަށެވެ.
އަލީ އާޒިމް އެހެން އެ ވިދާޅުވަނީ ކުރީގެ ސިފައިންގެ އޮފިސަރަކަށް އިހުސާން ވީތީ ނޫން ކަމަށާއި އެކަމަކު އެހެން އެ ވިދާޅުވަނީ އަލީ އިހުސާނަކީ ހޯމް އެފެއާޒް އަދި ނޭޝަނަލް ސެކިއުރިޓީގެ މިނިސްޓަރު ކަމަށްވާތީކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވަނީ ހާރިޖީ ވަޒީރު އަލީ އިހުސާނަކީ ހޯމް މިނިސްޓަރ މަގާމު ފުރުމަށް ނާގާބިލު އިތުބާރު ގެއްލިފައިވާ، އަދި ތަމްސީލުކުރާ މުއައްސަސާގެ އަބުރަށް ހުރި ނުރައްކަލެއް ކަމަށެވެ.
ދިވެހި ރައްޔިތުން އެކަމުގައި ޖަވާބަކާއި ފުރިހަމަ ތަފްސީލެއް ހޯދުމަށް ބޭނުންވާ ކަމަށް އަލީ އާޒިމް ވިދާޅުވެއެވެ. ދައުރުވަމުންދާ ފޮޓޯގައި ވަނީ އަލީ އިހުސާނުކަން ނުވަތަ ނޫންންކަން ހާމަކޮށް އިންކާރުކުރަން ނުވަތަ ޔަގީންކޮށްދޭން ގަސްތުކުރަންތޯ އަލީ އާޒިމު ސުވާލު ކުރައްވައެވެ.