އިސްތިހާރާ ކޮށްގެންވެސް އަނާރާ ވޯޓްދޭނީ ރިޝްވަތު ފައިސާއަށް؟

އަދީބު ނައިބު ރައީސްކަމަށް ގެންނަން ގާނޫނީ އަސާސީއަށް ބަދަލުގެނައި ވޯޓުގައި މަކުނުދޫ ދާއިރާގެ އޭރުގެ މެންބަރު އަނާރާ ނައީމުވެސް އެ އިސްލާހަށް ވޯޓުދިނެވެ. ވޯޓު ނެގުމާ ހަމައަށްވެސް އަނާރާގެ ވާހަކަ މަޖިލީހުގައި ހުރީ ވަކި މީހަކަށް މަގާމެއް ހޯދާދިނުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާ ދެކޮޅަށެވެ.
އަހުމަދު އަދީބު ނައިބު ރައީސް ކަމަށް ގެންނަން ގާނޫނު އަސާސިއަށް ބަދަލު ގެނައުމަށްޓަކާ އޭރު ރައްޔިތުންގެ މަޖިލީހުގައު ތިބި އެތައް މެންބަރަކަށް ރިޝްވަތު ދިނެވެ. މެންބަރުންނަށް އަދީބު ރިޝްވަތުދިނީ އެމްއެމްޕީއާރުސީ ފައިސާއިން ކަމާއި އެ ރިޝްވަތުގައި ގިނަ ބަޔަކު ހިފިކަމީ ދޮގު ނުކުރެވޭނެ ހަގީގަތެކެވެ.
ގާނޫނު އަސާސީއަށް ބަދަލެއްގެ ގެނެވޭވަރުގެ މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީނު ސަރުކާރަކަށް ނެތެވެ. ސަރުކާރުން ގެންނަން ބޭނުންވި ކޮންމެ ބަދަލެއް ގާނޫނު އަސާސީއަށް އޭރު ގެނައީ ސަރުކާރުގެ ކޮންޓްރޯލުގައި ނެތް ގިނަ މެންބަރުން ތަކަކަށް ރިޝްވަތު ދީގެންނެވެ.
އަނާރާ ނައީމަކީ އޭރު މަޖިޅިހުގައި އަދާލަތު ޕާޓީ ތަމްސީލްކުރާ ހަމައެކަނި މެންބަރެވެ. އަނާރާގެ ވޯޓުވެސް ކަށަވަރުވެގެން ނޫނީ އަހުމަދު އަދީބަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ލިބޭކަށް ނެތެވެ. އެންމެ ފުރަތަމަ އަނަރާ ހުރީ އެ އިސްލާހަށް ވޯޓުދޭ މޫޑެއްގައެއް ނޫނެވެ.
ވޯޓުނެގުން އޮތް ދުވަހުގެ ކުރީރޭ ކުއްލިޔަކަށް އެތެރެ ނުފެންނަ އަތަށް ހެޔޮވަރު ކޮތަޅެއްފުރާ 500ރ ގެ ނޫޓް ބޮނޑިތަކެއް ގެޔަށް އައުމަކީ މައްސަލައެއް ނޫންތާއެވެ. މަސައްކަތް ކުރަނީ ފައިސާ ހޯދަންތާއެވެ. 500ރ ގެ ނޫޓް ބޮނޑީގެ ކޮތަޅު ލިބުނު ތާކުން ލިބުނު ފަހުން "މާދަމާގެ ވޯޓު"ގައި ކަންކުރާނެ ގޮތަކާމެދު ގޮތް ނިންމަން ދަތިވިއެވެ. ވިސްނަން ނުހުރެ ނިންމީ އިސްތިހާރާ ކޮށްލުމަށެވެ. އިސްތިހާރާ ކުރުމުން 500ގެ ނޫޓް ބޮނޑިތަކާއެކު އިސްތިހާރާ ވެސް އަނާރާއަށް އައީ އަދީބާ އެއްކޮޅަށެވެ. ދެކޮޅަށް ބާރަށް ވާހަކަ ދައްކާފައި އަނާރާގެ ވޯޓު އަދީބާ އެއްކޮޅަށް ދިނުމުން އިތުރަށް އެކަން ޔަގީންވެއެވެ.
ހުރާދާއިރާގެ މެންބަރުކަމުގައި އަނާރާ އިނދެގެންވެސް މިހާރުވެސް އެޖަހަނީ އެ ސަކަރާތެވެ. ސްޕްރީމް ކޯޓުގެ ބެންޗް 7 އިން 5 އަށް ކުޑަކުރަން ކޮމެޓީގައި ދެކޮޅު ހަދާފައި ތަޅުމުގައި އަނާރާ ވޯޓު ދިނީ ސްޕްރީމް ކޯޓް ބެންޗު 5 އަށް ކުޑަކުރުމަށެވެ. ރައްޔިތުންގެ ހައްގުގައި ބުނަން ޖެހޭ އެއްޗެއް ބުނެފައި ވޯޓާ ޖެހުމުން ކަންކުރަނީ ދިމާ އިދިކޮޅަށެވެ. ގަމުމީ މަސްލަހަތާއި މެޖޯރިޓީއަށް ތަބާވުމުގެ ނަމުގައި ދީނުގެ ނިވާފަތުގައި ހުރެގެން އަނާރާ އަބަދުވެސް ވޯޓުދެނީ ފައިސާއަށާއި ބާރަށެވެ.